ރޮނާލްޑޯއަށް ފަހު ޕޮގްބާ، އޭނާ ދުރަށްލީ ބިޔަރުފުޅިއެއް!

ރޭ ޔޫރޯ 2020 ގައި ފްރާންސާއި ޖަރުމަނުވިލާތް ކުޅުނު މެޗައް ފަހު ބޜއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކުޅުންތެރިޔާ ޕައުލް ޕޮގްބާ ދުރައްލާފައިވަނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ބިޔަރު ފުޅިއެކެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޕޮގްބާގެ މިއަމަލަށް ގިނަބައެއްގެ ތައުރީފު ލިބެމުންނެވެ. އެގޮތުން ކުޅިވަރުގެ ތެރޭގައި ބިޔަރު އެއީ ޕްރޮމޯޓުކުރަން ޖެހޭ އެއްޗެއް ނޫންކަމަށް ބުނަމުންދާއިރު މުސްލިމުން ދަނީ ޕޮގްބާގެ އަމަލަށް ޝުކުރު އަދާކޮށްފަ އެވެ.

އިޝްތިހާރު Navee1 jpg

މޭޒުމަތީގައި ހުރި އެމީހުންގެ އުފެއްދުމެއް ކަމަށްވާ ބިޔަރު ފުޅި ދުރަށްލުމުން ޔޫރޯގެ އެއް ސްޕޮންސަރު ކަމަށްވާ ހެއިނެކެން ކުންފުނިން ވަރަށް ބޮޑަށް ވަނީ ހިތްހަމަ ނުޖެހިފަ އެވެ. އެކަމަކު އަދި އެކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައި ނުވި ނަމަވެސް ބެލެވޭގޮތުގައި ނެރޭނެ އެވެ.

އިޝްތިހާރު

އަދި އެ ކުންފުންޏަށްވެސް ޕޮގްބާގެ މި އަމަލުން ގެއްލުން ވާނެ ކަމަށް ބެލެވެ އެވެ. އެއީ އިއްޔެ ޕޯޗުގަލް އާއި ހަންގޭރީ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ މޭޒުމަތީގައި ހުރި ދެ ކޯކު ފުޅި ދުރަށް ޖެއްސުމުން ކޮކާކޯލާ ކުންފުންޏަށް ވަނ ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުންވެފައި އެވެ.

ޕޮގްބާ އަކީ މީގެކުރިންވެސް އިސްލާމްދީނުގެ ދިފާއުގައި މިފަދަ އެތައް ކަމެއް ދަނޑުމަތީގައާއި ދަނޑުބޭރުގައި ކޮށްފަވާ މީހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.