ޚަބަރު ފީތާ

ޔޫރޯ 2020: (ގުރޫޕް އޭ) ވޭލްސް – ތުރުކީ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގެ ދެވަނަ މެޗުގައި މިރޭ ވޭލްސް އަދި ތުރުކީ ބައްދަލުކުރާނެއެވެ. މި ދެޓީމު މިރޭ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނިކުންނައިރު، މި މެޗަކީ ދެޓީމަށް ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ވޭލްސް އާއި ތުރުކީ އަކީވެސް ގުރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައިވާ ދެޓީމުކަމަށް ވާއިރު، މި މެޗަކީ ދެޓީމަށްވެސް ކޮންމެ ހެން މޮޅެއް ބޭނުންވާނެ މެކެވެ. މިރޭގެ މި މެޗުން ކޮންމެ ޓީމެއް ބަލިވިޔަސް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ގެއްލިގެން ދިއުން ގާތެވެ. އެހެން ކަމުން މިރޭގެ މެޗަކީ މި ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ.

މިރޭ ތުރުކީ އަދި ވޭލްސް ބައްދަލުކުރާ މި މެޗު ކުޅޭނީ އަޒަރަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މި އީ އެއްފަހަރާ 70،000 ސަޕޯޓަރުންނަށް ވަދެވޭ ގޮތައް ފަރުމާކޮށްފައިވާ ސްޓޭޑިއަމް އެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ފިޔަވަޅުތަކާއި ހުރެ މިރޭގެ މެޗަށް ވައްދާ ސަޕޯޓަރުންގެ އަދަދު ވަނީ ލިމިޓް ކޮށްފައެވެ. އެގޮތުން މިރޭގެ މި މެޗު ބެލުމަށް 50000 ސަޕޯޓަރުން ވައްދާނެ ކަމަށް ބެލެވެއެވެ.

ވޭލްސް އަދި ތުރުކީގެ ތާރީޚީ ބައްދަލުކުރުން ތައް

ވޭލްސް އަދި ތުރުކީ އަށް ބަލާއިރު، މި ދެޓީމު މީގެ ކުރިން 6 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ތުރުކީ ދެފަހަރު މޮޅުވި އިރު، ވޭލްސް ތިންފަހަރު މޮޅުވެފައިވެއެވެ. އެއް މެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 1997 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައެވެ. އެފަހަރު ތަފާތު ބޮޑު ނަތީޖާއަކުން ވޭލްސްގެ މައްޗަށް ކުރިހޯދާފައިވަނީ ތުރުކީއިންނެވެ. އެ މެޗު ތުރުކީން ކާމިޔާބު ކޮށްފައިވަނީ 0-6 އިންނެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ތުރުކީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. އެއްމެޗުން ބަލިވިއިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ.

ވޭލްސްއަށް ބަލާއިރު އެޓީމު ވެސް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުިވެފައިވަނީ ދެމެޗުންނެވެ. އެއްމެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ދެ ޓީމުގެ އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު، ދެޓީމުގެ ރެކޯޑްސް ވެރސް ދާދި ހަމަހަމައެވެ.

ގުރޫޕް އޭގައި ހިމެނޭ ތުރުކީ އަދި ވޭލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން9 ޖަހާއިރުގައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: