ޚަބަރު ފީތާ

އުޅެ އުޅެ ކާޖޮލްއަށް ނުހުއްޓުނު ކަމެއް، ކޮންމެ ދުވަހަކު ހޭލަނީ ހުއްޓާލުމުގެ ވަރުގަދަ އަޒުމުގައި!

ބޮލީވުޑްގެ ބަތަލާ ކާޖޮލް ގައިގަ ހިފާފައި ހުންނަ އަމިއްލައަށް ހިތްހަމަ ނުޖެހޭ އާދައެއް ހުރެ އެވެ.

އެއީ ކާޖޮލްއަށް އެކަނި ކުރެވޭ ކަމެއް ނޫނެވެ. އާންުކޮށް އެންމެންނަށްހެތް ކުރެވޭ ކަމެއް ކަމެއް ވިޔަސް ބޭއިހްތިޔާރުގައި ކުރެވޭ ކަމެކެވެ.

ކާޖޮލް އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯއެއްގައި ފެންނަނީ ފިލްމެއްގެ ސްކްރިޕްޓް ކިޔަން ހުންނަ އިރު ނިޔަފަތީގައި ދަތް ޖަހައިގެން ކައިކައި ހުންނަ ތަނެވެ. އަދި ބުނެފައިވަނީ މިއަދު ނިޔަފަތި ނުކާނެ ކަމަށެވެ.

މީގެ ކުރިންވެސް ކާޖޮލް އިންޓަވިއުއެއްގައި ވަނީ ނިޔަފަތީގައި ދަތް ޖައްސައިގެން ހުރުމަކީ އާންމުކޮށް ކުރެވޭ އަދި ހުއްޓާލަން ބޭނުންވެފައިވާ އާދައެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހޭލައިގެން އެ އަޒުމު ކަނޑައަޅާ ކަމަށް ބުންޏެވެ.

މިއީ މިފަދަ ޓުވީޓެއް ކާޖޮލް ކުރި ފުރަތަމަ ފަހަރެވެ. މިކަލަ ދިރިއުޅުމުގައި ވާ ކޫސަނި ކަންކަން އާންމުކޮށް ޓުވީޓު ކުރުމުގައި މަޝްހޫރީ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އެވެ.

ކާޖޮލް އާންމުންގެ ތެރޭގައި އެންމެ މަޝްހޫރުވެގެން ދިޔައީ 90 އެ އަހަރުތަކުގައި ރިލީޒް ކުރި “ބާޒީގަރު” ންނެވެ. އޭގެ ފަހުން ރިލީޒްވި ކާޖޮލްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ކުޗް ކުޗް ހޯތާހޭ”، “ދިލްވާލޭ ދުލްހަންޔާ ލޭ ޖައިންގޭ” ފަދަ ފިލްމުތަކަކީ ކާޖޮލްގެ މަޝްހޫރު ފިލްމުތަކެވެ.

އޭނާ އެންެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސްގައި ރިލީޒް ކުުރި ފިލްމު “ޓްރިބަންގާ” އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އުޅެ އުޅެ ކާޖޮލްއަށް ނުހުއްޓުނު ކަމެއް، ކޮންމެ ދުވަހަކު ހޭލަނީ ހުއްޓާލުމުގެ ވަރުގަދަ އަޒުމުގައި!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.