ރާއްޖެ އަދި ފިލިޕީންސް މެޗު އެއްވަރު، ރާއްޖެ ޕްލޭ އޮފްއަށް

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ދެވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެ ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ޑުބާއީގެ ޝާރްޖާ ސްޓޭޑިއަމްގައި މިރޭ ރާއްޖެ ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ފިލިޕީންސްއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު އެއްވަރުވުމުން ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ތިންވަނަ ބުރަށް ދިޔުމަށްޓަކައި ކޮލިފިކޭޝަން ޕްލޭ އޮފްގައި ކުޅެން ޖެހިފައެވެ.

މިރޭ ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއްދެއްކިއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އަލީ ފާސިރު (ސެންޓޭ) އަށާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ސެންޓޭ ފޮނުވާލި ބޯޅަ، ގޯލު މަތިން ދިޔައިރު، ހަމްޕު ފޮނުވާލި ބޯޅަ މަތަކުރީ ފިލިޕީންސްގެ ގޯލްކީޕަރެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިލިޕީންސުންނެވެ. މި ލަނޑު އެޓީމަށްް ކާމިޔާބު ކޮށްދިނީ އޭންޖެލް ގުއިރާޑޯއެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ ރާއްޖެއިން ލަނޑު ޖަހާ މެޗުގެ ނަތީޖާއެއްވަރު ކުރިއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ރާއްޖެއަށް ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހީ ސެންޓޭއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ދެ ލަނޑުގެ އިތުރުން ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މިރޭގެ މި މނަތީޖާއާއި އެކު ރާއްޖެއަށް ޖުމްލަ ހަތް ހަތް ޕޮއިންޓި ލިބުނުއިރު ރާއްޖެ ނިންމާލީ ގުރޫޕުގެ ހަތަރަުވަނަ މަގާމުގައި އޮވެއެވެ.

ފިލިޕީންސްއާއި ދެކޮޅަށް ރާއްޖެ މިރޭ ކުޅުނު މެޗު އެއްވަރުވުމުން ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ތިންވަނަ ބުރަށް ދިޔުމަށްޓަކައި ދެން ރާއްޖެ ކުޅެންޖެހޭނީ ކޮލިފިކޭޝަން ޕްލޭ އޮފްގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.