ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ނިންމި މުއްދަތު އިތުރުކޮށްފި

ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ނިންމި މުއްދަތު އިތުރުކޮށްފި އެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތްނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު އިތުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އިޝްތިހާރު Below Header ad

އެގޮތުން ރައީސް ނިންމަވާފައިވަނީ މި މުއެްދަތު އަނެއްކާ ވެސް ހަފްތާއަކަށް އިތުރުކުރުމަށެވެ. އެހެންކަމުން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް އޮފީސްތައް ހުންނާނީ ބަންދުކޮށްފަ އެވެ.

ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރަން ކުރަން އެންމެފަހުން އެންގި މުއްދަތު ހަމަވީ މިއަދަށެވެ.

ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް ސޯލިހު ވަނީ އިރުޝާދު ދެއްވާފަ އެވެ.

ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތްކުރެވޭނެ ކަމަށާއި މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މި މުއްދަތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރެމުންދާތީ އެޗްޕީއޭ އިން ފިޔަވަޅުތައް ވަރުގަދަކުރީ މިދިޔަ މަހު އެވެ. އެގޮތުން ސަރުކާރުން ދޭ ހިދުމަތްތަކާއި ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަންގާއި ކާފިއުގެ ވަގުތު އިތުރުކުރުމާއި ބޭރަށް ނުކުންނަން ހުއްދަދީފައިވާ ވަގުތުތަކުގައި ވެސް ފާހެއް ނުވަތަ ފުލުހުންގެ ހުއްދަ ނެތި ނުނިކުމެވޭ ގޮތަށް ގައިޑްލައިންތަކެއް ކަނޑައަޅާފައިވެ އެވެ.

މަހެއްހާ ދުވަހު ކޮވިޑްގެ ކޭސްތައް ވަރަށް މަތީގައި ހުރުމަށް ފަހު، މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.