ޚަބަރު ފީތާ

މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ: ހިސާން

މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ ކަމަށާއި އެފަދަ ތުހުމަތެއް ކުރެވޭނަމަ ހިންގަން ޖެހޭނީ ޖިނާއީ އިޖުރާތު، ޖިނާއީ އަދުލުގެ ނިޒާމު ދައްކާފައިވާ މަގު ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނެވެ.

ހިސާން ވިދާޅުވީ ވަކި މީހަކަށް ނިސްބަތްކޮށް އޭނާއަކީ ކާފަރެކޭ، ލާދީނީ މީހެއްކަމަށް ތުހުމަތުކޮށް އެގޮތަށް ލޭބަލް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އެއީ މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފަ އޮންނަ ކަމެއް ކަމަށެވެ.

އެބިލް ހުށަހަޅުއްވާ މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުން މެނުވީ ބައެއް ކަހަލަ ތުހުމަތު އެއީ މީހުންގެ މައްޗަށް ކުރެވޭނެ ތުހުމަތު ތަކެއް ނޫން ކަމަށެވެ.

ހިސާން ވިދާޅުވީ އެބިލް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި މިއަދު ހުށަހެޅި ބިލް ގާނޫނު އުގޫބާތައް ގެނެވޭ އިސްލާހަކީ އުސާމަތުގެ ހާދިސާއިން ވިސްނުން ނަގާގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ.

އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

Like
Like Love Haha Wow Sad Angry

5 ޚިޔާލުތައް ގައި "މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ: ހިސާން"

  1. Abdulla Mahir | ޖޫން 15, 2021 at 12:22 | Reply

    Tedheh! Ey kaafarunney bunefi nama, kaafaru ladheenee meehun, mashashey egovee heekuranee keevve?

  2. Hisaanu kaleyrasha dheybala hama kaafarihyaa bunaanee kaafarekey thiulhenee maadhannameehakah vegen thiulhenee

    • ހަމަ ހުރެފަ މީހަކާ ދިމާލަށް ލާދީނީއޭ މިހާ ރަކުވެސް ނުކިޔާ .އެމީހާގެ ފުށުން ލާދީނީ ސިފަތައް ފެންނާތީ ލާދީނީއޭ ކިޔަނީ. އިސްލާމް ދީނަށާ ރަސޫލާއަށް ފުރައްސާރަ ކުރުމާ ޤުރުއާނުން ހުކުމް އައިއްސަ ހުރި ކަންތަކާ ދެކޮޅަށް ވާހަކަ ދެއްކުން ފަދަ ، މިފަދަ މީހުނަށް ލާދީނީ ނުކިޔާ ކީކޭބާ ކިޔާނީ!

  3. Ahmed shafeeq | ޖޫން 15, 2021 at 13:12 | Reply

    Hama hureyfavkaa nooh dhw bunanee kanthah thakeh Femi adu alhaafa dhw bunanee

  4. އޮރިޔާން ނިވާކޮށްގެން އައިސް ވާހަކަ ދެއްކުމަށް ހިސާން އަށް ނަސޭހަތްތެރިވަން.

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.