
އެމް.ޑަބްލިޔު.އެސް.ސީ އިން އައިޖީއެމްއެޗް ގައި ޓެކްސީ ސްޓޭންޑެއް ހަދައިފި
މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އައި.ޖީ.އެމް.އެޗް ގައި ޓެކްސީ ސްޓޭންޑެއް ހަދައިފި އެވެ.
ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިޓެކްސީ ސްޓޭންޑް ހަދާފައި ވަނީ ކަނބާ އައިސާ ރަނި ހިގުމުގައި ވާ އައި.ޖީ.އެމް.އެޗްގެ މެއިން އެންޓްރަންސް އަށް ވާގޮތަށެވެ.
ޓެކްސީ ސްޓޭންޑް ގެ ހުރިހައި މަސައްކަތްތަކެއް ނިމި މިހާރު ދަނީ ބޭނުންކުރެވެމުންނެވެ. މި މަސައްކަތަށް ޖުމްލަ 1,255,710.08 ރުފިޔާ އެމް.ޑަބްލިޔު.އެސްސީ އިން ވަނީ ޚަރަދުކޮށްފަ އެވެ.
މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަޑު މަގްސަދަކީ، އައި.ޖީ.އެމް.އެޗް ގެ މެއިން އެންޓްރަންސް ސަރަަހައްދުން ޓެކްސީގެ ޚިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
މިގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައި، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިށީނދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، މި ޓެކްސީގެ ބޭނުން ހިއްޕަވާ ފަރާތްތަކަށް، ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ކަމުގެ ފަސޭހަކަން ލިބިގެން ދާނެ އެވެ.
Vice President @FaisalNasym and Managing Director @hassanshaahu visit the site to inspect the progress of IGMH Taxi stand being constructed by MWSC under its CSR initiative. pic.twitter.com/ymwTLgCRre
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 18, 2021
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ، ކުންފުނިން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގު ގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކި އެކި ރޮނގު ރިނގުން އެހީތެރިވެ، މަސައްކައްތައް ކޮށްދިނުމެވެ.