ޔޫރޯ 2020: ސްޕެއިން އާއި ސްވިޑްން އަށް ހަމަހަމަ ނިމުމެއް!

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މެޗުގައި ބައްދަލު ކުރީ ސްޕެއިން އާއި ސްވިޑްން އެވެ. އަދި މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

އިޝްތިހާރު Below Header ad

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން އައީ ސްޕެއިން އެވެ. އެގޮތުން ލަނޑު ޖަހާނެ ދެތިން ފުރުސަތު މޮރާޓާއަށް ލިބި ވަނީ ބޭކާރު ވެފަ އެވެ. ސްވިޑްންއަށް ވެސް ލަނޑުޖަހަން ބައެއް ފުރުސަތުތައް ލިބިފައިވީ ނަމަވެސް ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމަށް ވެސް ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ރޭގަނޑު 9 ޖަހާ އިރު ބައްދަލު ކުރާނީ ޕޯޗުގަލް އާއި ހަންގޭރީ އެވެ. އަދި ދަންވަރު 12 ޖަހާ އިރު ބައްދަލު ކުރާނީ ފްރާންސް އަދި ޖާރމަނީ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.