ޖީއެމްއާރަށް 250 މިލިއަން ޑޮލަރު ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކޮށްފި.

 

ދިވެހި ސަރުކާރުގެ ފަރާތުން ޖީއެމްއާރްއަށް ދައްކަންޖެހެހެނީ 250 މިލިއަން ޑޮލަރު ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކޮށްފިއެވެ.

އިޝްތިހާރު Below Header ad

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނީލް ވިދާޅުވީ 250 މިލިއަން ޑޮލަރު ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައި ވަނީ ޖީއެމްއާރްއަށް އެއާޕޯޓް ހިންގުމަށް ހަވާލުކުރި އެގްރީމެންޓް ދިވެހި ސަރުކާރުން އުވާލުމުން ޖީއެމްއާރް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 208 މިލިއަން ޑޮލަރު ދިނުމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނީލް ވިދާޅުވީ ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލާ އިންޓްރެސްޓްއަށް އަރާފައި ހުރި އަދަދާއިއެކު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު އެކުންފުންޏަށް ދައްކަން ޖެހޭނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޖީއެމްއާރް އަށް ދައްކަން ޖެހުނު ފައިސާގެ އަދަދަކީ އެކުންފުނިން ހޯދަން މަސައްކަތް ކުރި ފައިސާގެ އަދަދަށް ވުރެ ވަރަށް ބޮޑުތަން ކުޑަ އަދަދެއްކަމަށެވެ.

ޖީއެމްއާރް އިން އާބިޓްރޭޝަނުންގައި އެދުނީ 1.5 ބިލިއަން ރުފިޔާ ހޯދުމަށް ކަމަށްވާއިރު އެކުންފުންޏަށް ލިބިފައިވަނީ 18 އިން ސައްތައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.