މިއީ ކޯވިޑް ޖެހިދަނެތީ އަމީތާބު ފިލްމު ޝޫޓިންތަކަށް ދާއިރު މިހާރު ހުންނަގޮތް!

އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ލޮކްޑައުންއަށް ލުއިދޭން ފެށުމާއި އެކު ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން ފިލްމީ މަސައްކަތްތަކާއި އަލުން ގުޅިއްޖެ އެވެ.

މިއަދު އަމީތާބު އަލުން ޝޫޓިންތަކަށް ދާންފެށިކަން ހާމަކުރީ ހެނދުނު އިންސްޓަގްރާމަށް އަޕްލޯޑު ކުރި ފޮޓޯއަކާއި އެކު އެވެ. ފޮޓޯގައި މޫނުގައި ލޮލާއި ހަމައަށް އަންނަ ވަރުގެ މާސްކެއް އަޅާފައިވާއިރު ބޯވެސް ފޮތިގަނޑަކުން ނިވާކޮށްފައިވެ އެވެ.

އިޝްތިހާރު Below Header ad

އަމީތާބަކީ އައިނު އަޅާ މީހަކަށްވާތީ ލޯވެސް ހުރީ ނިވާވެފައި އެވެ. ޝޫޓިން އާ ދާ މަގުމަތީގައި ކޯވިޑް ޖެހޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

އެ ފޮޓޯ ހިއްސާ ކުރަމުން އަމީތާބު ބުނީ ކޮންމެ ދުވަހަކު ހުރިހާ ކަމެއްވެސް ދާނީ ރަނގަޅު ވަމުން ރަނގަޅުވަމުން ކަމަށެވެ،

މީގެ ކުރިން ލޮކްޑައުން ކުރުމުގެ ކުރިން ބައެއް ބޮލީވުޑް ފިލްމު ސެޓުތަކުގައި ކޯވިޑް ފެތުރި ބައެއް މަޝްހޫރު ތަރިން ކޯވިޑަށް ޕޮސިޓިވްވެއްޖެ އެވެ.

މަހާރާޝްޓްރާ ލޮކްޑައުން ކުރި އިރު އަމީތާބު މަސައްކަތް ކުރަމުންދާ ފިލްމުތަކުގެ ތެރޭގައި “ޖުންދް” އަދި ބްރަހްމާސްޓްރާ” ހިމެނެ އެވެ.

އަދި އަލަށް ކުޅެން ސޮއި ކޮށްފައިވަނީ ހޮލީވުޑްގެ ފިލްމު ” ދި އިންޓާން” ގެ ހިންދީ ރިމޭކްސް އެވެ. އެ ފިލްމު އަމީތާބަށް ލިބުނީ ކުރިން އެ ފިލްމަށް ސޮއި ކޮށްފައިވާ ރިޝީ ކަޕޫރު މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވުމުންނެވެ.

އެމްމެ ފަހުން އަމީތާބު ފެނުނީ ފިލްމު “ގުލާބޯ ސިތާބޯ” އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.