އިސްރައީލްގެ އިދިކޮޅު ކޯލިޝަނަށް ވެރިކަމަށް އާދެވުނީ އެންމެ ވޯޓެއްގެ ތަފާތުން

އިސްރާއީލްގެ އިދިކޮޅު ކޯލިޝަން އެންމެ ވޯޓެއްގެ ތަފާތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލިކޮށް ވެރިކަމަށް އަތުވެއްޖެ އެވެ.

އެ ގައުމުގެ ކަނީސަތުގައި ނެގި ވޯޓުން އިދިކޮޅު އަށް ޕާޓީ ހިމެނޭ ކޯލިޝަނުން ވެރިކަން ހޯދީ 60-59 ވޯޓުގެ ތަފާތުންނެވެ. ރުހުން ލިބުމާއި އެކު އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ކަމަށް ނަފްތާލީ ބެނެޓް ވަނީ އިސްރާއީލްގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި އެވެ.

އިޝްތިހާރު Below Header ad

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އިސްރާއީލްގެ އާ ބޮޑުވަޒީރު ވިދާޅުވީ އޭނާގެ ވެރިކަމުގައި އިސްކަން ދޭނީ ގައުމުގެ މަސްލަހަތާއި ގައުމަށް މުހިންމު ކަންކަމުގައި ކުރިޔަށް ދިއުމަށެވެ. އެގޮތުން ސިއްހަތާއި ތައުލީމީ ދާއިރާގައި އެ ގައުމު އިތުރު ކުރިއެރުން ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަންގެ އެއްބަސްވުމުގައި ވާގޮތުން ބެނެޓް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާނީ ދެ އަހަރު އެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިދިކޮޅު ކޯލިޝަންގެ އަނެއް ލީޑަރު ޔައީރް ލެޕިޑް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނެ އެވެ.

ވެރިކަން ގެއްލުމާއި އެކު ޔަހޫދީ ނަތަންޔާހޫ ބުނީ އޭނާ އިދިކޮޅު ވެރިއެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެނބުރި އިސްރާއީލްގެ ވެރިކަމަށް އަންނާނެ ކަމަށް ބުންޏެވެ.

އިދިކޮޅުން އެއްގަލަކަށް އަރައި ކޯލިޝަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އަނިޔާވެރި ނަތަންޔޫގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އެ ޕާޓީތައް އެއްގަލަށް އަރައިގެން ދައުރު ނިމެންދެން ނުވަތަ ގިނަ ދުވަހު ވެރިކަން ކުރެވޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރެވެ އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިދިކޮޅު ކޯލިޝަނުން އެއް ލަވައިގެން ކިޔާ ކަމަށް ދައްކައިގެން ވެރިކަމަށް އަޔަސް ޕާޓީތަކުގެ ސިޔާސަތު ވަރަށް ތަފާތެވެ.

އޭގެ ތެރެއިން ބައެއް ޕާޓީތަކަކީ، ހިފާފައިވާ ބިންތަކުން ގަދަކަމުން ފަލަސްތީނު މީހުން ބޭރުކޮށް، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ބާރުއަޅާ ގޮވާލަމުންދާ ޕާޓީތަކެވެ. އަނެއް ޕާޓީތަކަކީ، ފަލަސްތީނު މީހުންގެ ވެސް ދައުލަތަކާ އެކު އިޒްރޭލުގެ ދައުލަތް ދެމި އޮތުމަށް ވަކާލާތުކުރާ ޕާޓީތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.