ޚަބަރު ފީތާ

އުފަންދުވަހުގައި ޓައިގާ އޭނާއަށް ތަހުނިޔާ ކީގޮތުން ދިޝާ ހީހީ ހަލާކުވެފައި!

ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލުން ކަަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އަކީ އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އޮތް ނަމަވެސް އެކަމަށް އެއްބަސްވާ ދެމީހުންނެއް ނޫނެވެ.

އެކަމަކު ދެމީހުން އެކީގައި ޗުއްޓީއަށް އެކި ގައުކުތަކަށް ދިއުމާއި އެއްކޮށް ތަންތަނަށް ކާންދިއުމާއި ޓައިގާގެ އާއިލާ އާއި އެކު ދިޝާ ވަގުތު ހޭދަ ކުރުމަކީ ސިއްރުން ކުރާ ކަމެއް ނޫނެވެ. ހާއްސަކޮށް ދެ މީހުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ބަރާބަރަށް ދެމީހުން ކޮމެންޓުކޮށް ހަދާނެ އެވެ.

މިފަހަރު ސޯޝަލް މީޑީއާއަށް ޓައިގާ ލީ ދެމީހުން ޑާސްކް ކުރާ ވީޑިއޯ އެކެވެ. އެއީ އިއްޔެ ފާހަގަ ކުރި ދިޝާގެ19 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޕޯސްޓު ކުރި ވީޑިއޯ އެކެވެ.

އެ ވީޑިއޯޯ ޕޯސްޓު ކުރަމުން އޭނާ ވަނީ ދިޝާއަށް ދުވަހުގެ ތަހުނިޔާ ކިޔައި ދިޝާ އަކީ ވިލައިން ގެ ގޮތުގައި ސިފަކޮށްފައި އެވެ.

ދިޝާ މި ވީޑިއޯ ބެލުމަށް ފަހު އީމޯޖީ އިން ފޮނުވާލީ ވަރުގަދަ ހިނިގަނޑުތަކެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: