ޚަބަރު ފީތާ

ޅެން: ނުރުހުމުގެ ކަނޑުގައި ޣަރަޤު ނުވާށެވެ!

ހިތެއްގައި ޝުކުރުވެރިކަން ނެތުމަކީ ވާ ހާދަ ދެރަ ކަމެކޭ
އެތައް ގިނަވޭން ތަކެއް އުފުލަން އެއީ މަޖުބޫރުވާ ކަމެކޭ

އަޚާއޭ އަނެކުނަށް ހީލަތުގެ ކަތި ނަޒަރުން ބަލާ އުޅުމީ
އަހާށޭ ދުނިޔެ ކަތި ނަޒަރުން ތިބާޔަށް ލޯ އަޅާ ކަމެކޭ

ބޮޑެއް ކުޑައެއް ބަލާނުމެލާ ބޮޑާކަން ދައްކަމުން ދާނަމަ
އަޑެއް ރުހުމުގެ އަހާން ލިބުމީ ބުނަންހޭ ހާދަ ދުރުކަމެކޭ

ތިމާނޫން މީހަކަށް އުފަލެއް ލިބޭ ހިނދު ހަސަދަވެރި ވުމަކީ
ޙިމާޔަތް ނުލިބި ގަދަ ހޫނުން އަނދާ އަޅިޔަށް ވެދާ ކަމެކޭ

ހަނދެއްހެން މޫނު ވިދިޔަސް އަނެކުނަށް ހިތް ކަޅުވެފައި ވުމަކީ
ހަނދެއްހެން އޭގެ ފަހަތުން އަނދިރިކަން އޮންނާނެ ކަޅުކަމެކޭ

ވަކިވެ މުޖުތަމަޢުގައި މަވަރެއް ނެތޭ ހީކޮށް އުޅޭ ނަމައީ
ބިކަވެ ނިކަމެތި ކަމެއް ދުނިޔޭން ލިބޭނޭ މީ ޔަޤީން ކަމެކޭ

އެހެންމީހުންގެ ލޯތްބާ ކުލުނު ދުނިޔޭން ހޯދިފައި ވުމަކީ
ބެހެން ނުރުހުމުގެ ކަނޑުގައި ނުޖެހުމަށް ކުރެވޭނެ މޮޅު ކަމެކޭ

Rate this post

11