މިލްކާ ސިންގްގެ އަންހެނުން ކޯވިޑްގައި މަރުވެއްޖެ، މިލްކާ އައިސީޔޫގައި!

އިންޑިއާގެ ކުރީގެ މަޝްހޫރު އެތްލީޓް މިލްކާ ސިންގް ގެ އަންހެނުން ނިރްމާލް މިލްކާ ސިންގް މަރުވެއްޖެ އެވެ.

އޭނާ މަރުވީ ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު އެވެ. ނިރްމާލްގެ އިތުރުން މިލްކާއަށްވެސް ވަނީ ކޯވިޑް ޖެހިފައި އެވެ.

އިޝްތިހާރު Below Header ad

އެ ދެމަފިރިންނަށް ކޯވިޑް ޖެހިފައިވަނީ މީގެ ތިން ހަފްތާ ކުރިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ހާލަތު އިތުރަށް ގޯސްވެ ހޯމް ކަރަންޓީންގައި ހުރުމަށް ފަހު މަރުވި އިރު ފަރުވާ ދެމުން ދިޔައީ ޗަންދީގަރްގެ ހޮސްޕިޓަލެއްގައި އެވެ.

ނިރްމާލް މަރުވި އިރު މިލްކާ ސިންގް ދަނީ ކޯވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށްވެ އެވެ.

މަރުވި އިރު ނިރްމާލްގެ އުމުރަކީ85 އަހަރެވެ. މިލްކާގެ އުމުރުން މިހާރު 90 އަހަރެވެ.

މިލްކާ އަކީ ބުރަ މަސައްކަތުން ދުނިޔޭގެ އެކި ގައުމުތަކުގައި ދުވުމުގައި އިންޑިއާ ތަމްސީލް ކުރަން ފުރުސަތު ހޯދި މީހެކެވެ. އޭނާގެ ބުރަ މަސައްކަތް ފާހަގަކޮށް ބޮލީވުޑްގައި ވަނީ ފަރުހާން އަހްތަރު ލީޑްރޯލް ކުޅެ އޭނާގެ ހަޔާތުގެ މައްޗަށް “މިލްކާ ބާގް މިލްކާ” ގެ ނަމުގައި ފިލްމެއް ހަދާފައި އެވެ.

ނިރްމާލް އަކީ ކުރީގެ އިންޑިއާގެ ގައުމީ އަންހެން ވޮލީ ޓީމްގެ ކެޕްޓަންކަން ކޮށްފައިވާ މީހެކެވެ. އަދި ޕަންޖާބް ސްޓޭޓް ސަރުކާރުގެ ޑިރެކްޓާ އޮފް ސްޕޯޓްސް ފޯ ވުމަންގެ މަގާމު އަދާ ކޮށްފައިވާ މީހެކެވެ.

ވޮލީގެ ދުނިޔޭގައި އޭނާ މަޝްހޫރީ ދަނޑަށް ކުޅެން އަރާއިރު އިންޑިއާގެ އަންހެނުންލާ ހަރުވާޅާއި ހެދުން ލާ މީހެއްގެ ގޮތުގައި އެވެ. ނިރްމާލް ޓީޝާޓާއި ސޯޓު ނުވަތަ ޖާޒީ ލައިގެން ކުޅެން ނާރާ ކަމަށްވެ އެވެ.

ނިރްމާލް އަކީ ޕާކިސްތާނަށް އުފަން މީހެކެވެ. އޭނާ އާއި މިލްކާ ބައްދަލުވީ ސްރީލަންކާގައި އޮތް ވޮލީ މުބާރާތެއްގެ ތެރެއިންނެވެ. އެ ދެ މީހުން ކައިވެނި ކުރީ 1962 ވަނަ އަހަރު އެވެ.

އެ ކައިވެންޏަށް ލިބިފައިވަނީ އެންމެ ފިރިހެން ކުއްޖެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.