ޚަބަރު ފީތާ

ރާފިޔަތު ރަމީޒާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް!

ރާފިޔަތު ރަމީޒާ އަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނޭ ފަންނާނެއް ނޫނެވެ.

ޚާއްސަކޮށް މިއުޒިކީ ފަންނާނުންނަށް ރާފިޔަތު ރަމީޒާގެ އަޑުން ލަވައެއް އަޑުއަހާލުމަކީ ހިތަށް ލިބޭނޭ ފިނި ކަމެކެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާގެ އަޑުން ލަވައެއް ނީވޭތީ، ގިނަ ބައެއްގެ ހިތުގައި ވަނީ މާޔޫސްކަން އުފެދިފަ އެވެ.

މި މާޔޫސްކަމަށް ހިތްހަމަ ޖެހުމެއް ގެނެސްދިނީ، ކުރީގެ ހިތްގައިމު އޮރިޖިނަލް ދިވެހި ލަވަތަކެއްގެ ކަވަރތަކެއް ’ލަވަފޮށި‘ އެޕްލިކޭޝަންގައި ރިލީޒް ކުރުމުން ނެވެ.

’ލަވަފޮށި‘ އެޕްލިކޭޝަންގައި ރިލީޒްކުރި މި އަލްބަމްގައި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފަސް ލަވަ ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި މޭނާ ހައްސާނުގެ ”ވެހޭ ވާރޭ ތެރެއިން“، ފާޠިމަތު ރަޢޫފުގެ ”ބޭނުންވީމާ“، އިބްރާހިމް ޙަމްދީގެ ”ސަހަރޯއެ މަޢާފު“ އާއި ”ޢާޝިޤާ“، އަޙްމަދު ޢާޠިފުގެ ”ގެންދާށެ ވަޔާއޭ“ ހިމެނެ އެވެ.

ރާއްޖޭގެ ‘ލަތާ މަންގޭސްކަރު’ ގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ރާފިޔަތު ރަމީޒާގެ ވިރުވާއަޅާ ރަން އަޑުން މި ލަވަތައް އަހައިލުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ޝާޒް ސަޢީދު، މި އަލްބަމްގެ މިއުޒިކް އެރޭންޖްކޮށްފައިވާ މި އަލްބަމްއަށް ލައިވް ޑްރަމްސް ޖެހީ ޝާމްބެ ޝަރީފު އެވެ. އަދި ލައިވް ގިޓާ ކުޅެފައިވަނީ ރާއިފް މުޙައްމަދު އެވެ.

އަލްބަމްގެ މިކްސިންގ އާއި މާސްޓަރިންގ މުޙައްމަދު އިކްރާމް ހަދާފައިވާ އިރު، އަލްބަމް ރެކޯޑްކުރީ ’ޓައިމް އެކެޑަމީ އޮފް ޕާރފޯމިންގ އާޓްސް‘ ގައެވެ.

އަލްބަމްގެ ލިންކް:

https://on.lavafoshi.mv/albums/1594

Like
Like Love Haha Wow Sad Angry
9

ޚިޔާލު 1 on "ރާފިޔަތު ރަމީޒާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް!"

  1. ޓިނު walhu | ޖޫން 13, 2021 at 23:55 |

    Ali Rameez ge baheh mikamuga neiyyho?

Comments are closed.

%d bloggers like this: