ޔޫރޯ 2020: (ގުރޫޕް ސީ) ނެދަލެންޑްސް – ޔޫކްރެއިން

ޔޫރޯ 2020 ގައި މިރޭ ނެދަލެންޑް އަދި ޔޫކްރެއިން ބައްދަލުކުރާ މެޗަކީ ގުރޫޕް ސީގެ ދެވަނަ މެޗެވެ. މި މެޗު ކުޅޭނީ ނެދަލެންޑްސްގެ އާމްސްޓާޑަމް އެރީނާގައެވެ. މި ސްޓޭޑިއަމް އަކީ 55500 މީހުންނަށް ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓޭޑިއަމްއެކެވެ. މި މެޗު ބެލުމަށް 13000 ސަޕޯޓަރުން ދަނޑަށް ވައްދާވޮތަށް ޔޫއެފާއިން ވަނީ ހަމަޖައްސާފައެވެ.

ނެދަލެންޑް

ނެދަލެންޑް އަކީވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ނެދަލެންޑް މިހާތަނަށް ނުވަ މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މުބާރާތެއް ފިޔަވާ ދެން ކުޅުނު ހުރި ހާ މުބާރާތެއްގެ ވެސް ސެމީއާއި ހަމައަށް ވަނީ ދަތުރުކޮށްފައެވެ. ނެދަލެންޑް އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1976 ވަނަ އަހަރު ޔޫގޯސްލޭވިއާގައި ބޭއްވުނު މުބާރާތުގައެވެ.

އިޝްތިހާރު Below Header ad

އެގައުމަށް މިހާތަނަށް ޔޫރޯ ގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު މުބާރާތުގެ ތަށި އުފުލާލުމެވެ.

ކޮލިފައިވީ ގޮތް

މިފަހަރުގެ ޔޫރޯއަށް ނެދަލެންޑް ކޮލިފައިވީ އެ ގައުމު ހިމެނުނު ކޮލިފައިން ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން އެއްވަނަ ލިބުނު ޖަރުމަންނާއި ނެދަލެންޑްއާއި ދެމެދުގައި ހުރީ ދެ ޕޮއިންޓުގެ ތަފާތެވެ. އެގޮތުން ޖަރުމަންއަށް 8 މެޗުން 21 ޕޮއިންޓް ލިބުނު އިރު ނެދަލެންޑަށް ލިބުނީ 8 މެޗުން 19 ޕޮއިންޓެވެ. ކޮލިފައިންގައި ނެދަލެންޑް ކުޅުނު 8 މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ 6 މެޗުންނެވެ. އެއް މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ޔޫކްރެއިން

ޔޫކްރެއިން އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި މާ ފުންނާބުއުސް ގައުމެއް ނޫނެވެ. މިހާތަނަށް ޔޫރޯގެ ދެ މުބާރާތެއްގައި ވާދަކުރިނަމަވެސް ޔޫކްރެއިން ވަނީ އެ ދެ މުބާރާތުގައިވެސް ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ޔޫކްރެއިން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ކުޅެފައިވަނީ 2012 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. އެ އަހަރުގެ މުބާރާތުން އެ ގައުމަށް ފުރުސަތު ލިބުނީ ހޮސްޓުންގެ ގޮތުގައެވެ. ކޮލިފައިވެގެން އެ ގައުމު ވާދަކުރި ހަމަ އެކަނި މުބާރާތަކީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތެވެ. މި ފަހަރުގެ ޔޫރޯ މުބާރާތަކީ އެ ޓީމު ކޮލިފައިވި ދެވަނަ މުބާރާތެވެ.

ކޮލިފައިވީ ގޮތް

ޔޫކްރެއިން މިފަހަރުގެ ޔޫރޯ މުބާރާތައް ކޮލިފައިވީ އެ ގައުމު ހިމެނޭ ކޮލިފައިން ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގައި ޔޫކްރެއިންއާއި އެންނެ ގާތުން ވާދަކުރި މި މުބާރާތިގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އޮތީ ޔޫކްރެއިން އަށް ވުރެ ތިން ޕޮއިންޓް މަދުކޮށް ގުރޫޕުގެ ދެވާގައެވެ.
ޔޫކްރެއިން ކޮލިފައިން ގައި 8 މެޗު ކުޅުނު އިރު 6 މެޗުން ވަނީ މޮޅުވެފައެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ. އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ނެދަލެންޑްސް އަދި ޔޫކްރެއިންގެ ތާރީޚީ ބައްދަލުކުރުންތައް

ނެދަލެންޑްސްއާއި ޔޫކްރެއިން މިހާތަނަށް ބައްދަލުކޮށްފައިވަނީ އެނެމް ދެފަހަރުއެވެ. އެއީ ރަހުމަތްތެރިކަމުގެ ދެމުގައެވެ. މީގެ ތެރެއިން އެއްމެޗުން ނެދަލެންޑްސް މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތަށް

ނެދަލެންޑްސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ޔޫކްރެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު ތިން މެޗުން ވަނީ އެއްވަރުވެފައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.