ޓޮރެޓް ސިންޑްރޮމް ހުންނަ ކުދިންދެކެ ފޫހިވަނީތަ؟ އެކުދިންގެ އިހުސާސްތައް ދެނެގަނޭ، އެއީ ބައްޔެއް ނޫން!

ޓޮރެޓް ސިންޑްރޮމް ހުންނަ ކުދިން ބާކީކޮށް ނުވަތަ އެ ކުދިންނާއި މާ ގާތްކޮށް އުޅުމަކީ އާންމުކޮށް އެއް ފުރާވަރުގެ ކުދިން އަދި އާއިލާގެ އެހެން މީހުން ނުކުރާ ކަމަށެވެ.

އެއީ އެފަދަ ކުއްޖެއްގެ ނުވަތަ މީހެއްގެ އިހުސާސްތައް ހަމަ އެއްގޮތަކަށްވެސް ނޭނގޭތީ އެވެ.

އިޝްތިހާރު Below Header ad

ޓޮރެޓް ސިންޑްރޮމް ހުންނަ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޭކާރު އަޑުއަޑު ލައްވާ، ހަރަކާތްތެރިކަން އިތުރުވެ، މާގިނައިން ހުސް އަނގަތެޅުމާއި ހުއްޓުމެއް ނެތި އަބަދު ބާރަށް އަޑު ގަދަ ކުރެ އެވެ. އެއީ އުފަންވާއިރުވެސް އެ ކުދިންގެ ގައިގަ ހުންނަ ސިފަ އެކެވެ.

އެއީ މާބޮޑު ބައްޔެއް ނޫންނެވެ.

ސިއްހަތު ރަނގަޅު ނުވަތަ ނުކުޅެދުންތެރިކަމެއް ނުހުންނަ ކުއްޖެއްގެ ގައިގަވެސް ޓޮރެޓް ސިންޑްރޮމް ހުރެދާނެ އެވެ.

އިނގިރޭސިވިލާތުގެ ބާރު ހިނގާ ގައުމެއް ކަމަށްވާ އިރަލޭންޑްގެ އުމުރުން 10 އަހަރުގެ ޑީގްލަން އެމްސީ އަކީ ޓޮރެޓް ސިންޑްރޮމް ހުންނަ ކުއްޖެ ކެވެ. ޑީގްލަން ބުނީ ބޮޑުވަމުން އައި އިރު ބޭކާރު އަޑުލެއްވުމާއި ހުސް އަނގަ ތެޅުމާއި އަޑު ގަދަ ކުރުން ފަދަ ކަންކަން ކުރެވޭކަން އަމިއްލައަށް އިހުސާސް ކުރެވި އެނގޭ ކަމަށެވެ.

އެ ކުއްޖާ ބުނީ އޭނާ ދެކެ ރުޅި އަންނަ އެންމެން ކައިރީ ބުނެލަން ބޭނުންވަނީ އެއީ ގޯސްކުއްޖެއް ނޫން ކަމަށެވެ. އަދި އޭނާ ބާކީ ނުކުރުމަށް އެދިފައިވެ އެވެ.

ޑީގްލަންގެ އާއިލާއިން ދަނީ އޭނާއަށް އާންމުންގެ ތެރެއިންނާއި ސްކޫލުން ދިމާވަމުންދާ ބާކީ ކުރުމާއި ފުރައްސާރަ ކުރުންތަކާއި ގުޅިގެން އެ ސިންޑްރޮމަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާފައި އެވެ. އަދި އަމިއްލަ ޖަމިއްޔާ އަކާއި ގުޅިގެން އެފަދަ ކުދިންގެ އާއިލާތައް ދެނެގަންނަން ވަނީ ފަށާފައި އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އިރަލޭންޑުގައި ޓޮރެޓް ސިންޑްރޮމް ހުންނަ ތިން ލައްކައަށްވުރެ ގިނަ ކުދިންނާއި މީހުން އުޅެ އެވެ.

ޓޮރެޓް ސިންޑްރޮމް އަކީ ސިކުނޑީއާއި ގުޅިފައިވާ ނާރުތަކަށް ދިމާވާ މައްސަލައަކުން ވާހަކަދެއްކުމާއި ހަރަކާތްތެރިވުމަށް އަންނަ ބަދަލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.