ޓިކެޓްތަކަށް ޑޮލަރު ވިއްކަން އުޅޭކަމަށް ދެކެވޭ ވާހަކަ އެމްއެމްއޭއިން ދޮގުކޮށްފި.

ބޭންކުތަކުން ޓިކެޓްތަކަށް ޑޮލަރު ވިއްކުން ހުއްޓާލަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަ މަރުކަޒީ ބޭންކާއި، ފިނޭންސް މިނިސްޓްރީ އަދި ބޭންކްތަކުން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުން އެމްއެމްއޭގެ ތަރުޖަމާން މަންސޫރު ޒުބައިރު ވިދާޅުވީ

އިޝްތިހާރު Below Header ad

މީގެ ކުރިންވެސް ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކުގެ ޓިކެޓަށް ބޭންކްތަކުން ދޫކުރަމުން އައި 500 ޑޮލަރު ކުރިއެކޭ އެއް އުސޫލުން މިހާރު ވެސް ލިބެމުންދާނެ ކަމަށެވެ.

މަންސޫރު ޒުބައިރު ވިދާޅުވީ ބޭސްފަރުވާއަށް ދާ ފަރާތްތަކުގެ ޓިކެޓަށް ދެމުންއައި 500 ޑޮލަރު ދިނުން ހުއްޓާލަންއުޅޭކަމަށް ދެކެވެނީ ހަގީގަތެއްނެއް ވާހަތަކެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ވިސްނާފައިވެސް ނުވާނެކަމަށެވެ.

އެހެންނަމަވެސް އޭގެ ބަދަލުގައި އެފަރާތްތަކަށް ލިބެމުންއަންނަ މި ޚިދުމަތް އިތުރަށް ފަސޭހަކުރުމައްޓަކައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމައްޓަކައި އެމްއެމްއޭ އާއި ބޭންކްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށް މަންސޫރު ވިދާޅުވި އެވެ.

މީގެއިތުރުން ބީއެމްއެލް އާއި އިސްލާމިކް ބޭންކް، އެމްއައިބީގެ އޮފިޝަލުން ގެ އިތުރުން ފިނޭންސްގެ އިސް އޮފިޝަލަކު ވެސް ވަނީ މިވާހަކަ ދޮގުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.