މަތީ ތައުލީމަށް ދޫކުރާ ލޯނަށް އެދުމުގެ ދެވަނަ ބުރުގެ ފުރުސަތު ހުޅުވާލައިފި.

މިއަހަރު އަލަށް މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހާއްސަ ކޮށްގެން އެޑިއުކޭޝަނުން ދިނުމަށް ހަމަޖެހިފައިވާ ލޯނު އެހީގެ ފުރުސަތުތަކުގެ ތެރެއިން ދެވަނަ ބުރުގެ ލޯނު އެހީގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން މި ފުރުސަތުގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރުން ޑިޕްލޮމާއިން ފެށިގެން މާސްޓާސް އާއި ހަމައަށް މަތީ ތައުލީމް ހާސިލްކުރުމަށް 900 ދަރިވަރަކަށް ލޯން އެހީ ދިނުމަށް ހަމަޖައްސާފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން ރާއްޖޭން ބޭރުން 550 ދަރިވަރަކަށާއި ރާއްޖޭން 350 ދަރިވަރަކަށް ލޯނުގެ އެހީ ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފުރުސަތުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ލޯނު އެހީއަށް އެދުމުގެ ފުރުސަތު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ގެ ފަހުން ކިޔެވުން ފަށާ ދަރިވަރުންނަށަކަަމަށެވެ.

އެގޮތުން ރާއްޖޭގައި ޕައިލެޓް ސްޓްޑީސްގެ ލައިސަންސް ނެގުމަށް 10 ފުރުސަތާއި، ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކަށާއި، ބެޗްލަރސް ޑިގްރީއަށް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ 235 ދަރިވަރަކަށާއި އަދި މާސްޓާސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 70 ދަރިވަރަކަށް ކަމަށް ފުރުސަތުލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ވޮކޭޝަނަލް ޑިޕްލޮމާ އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 100 ފުރުސަތަކާއި، ބެޗްލާރސް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 335 ފުރުސަތާއި، މާސްޓާރޒް ޑިގްރީއަށް ކިޔެވުމަށް ދޫކުރާ 110 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 5 ފުރުސަތުލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިކަމަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް އަންނަ ނޮވެމްބަރު މަހުގެ 13 އިން 17 އަށް ހެނދުނު 9 އިން ފެށިގެން 14:00 އަށް ކުރިޔައްދާއިރު ލޯން އެހީގެ އެޕްލިކޭޝަން ފޯމް ދޫކުރަން ފަށާނީ މި މަހުގެ 27 ން ފެށިގެން ނޮވެމްބަރ 10 ގެ ނިޔަލަށެވެ.

މިކަމަށް އެދި ހުށައަޅާ ފޯމް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެއިތުރުން އެ ޑިޕާޓްމަންޓްގެ ރަސްމީ ވެބްސައިޓުންވެސް މިކަމަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.