ފުލުހުންނާއި ސިފައިން ޖަލުތަކުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
ފުލުހުންނާއި ސިފައިން ޖަލުތަކުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ޖަލާއި މާފުށި ޖަލުގައި ކަމަށެވެ.
މިއީ މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން 1/2
— Maldives Correctional Service (@CorrectionsMv) June 12, 2021
ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ ދިނުމުގެ ފަހަތުގައި އަދިވެސް ގިނަ ބަޔަކު ތިބޭނެކަމަށް ފުލުހުން ތުހުމަތުކުރާ އިރު، މި ހަމަލާގެ ފަހަތުގައިވާ މީހުން ދެނެގަތުމަށް ފުލުހުން އަދިވެސް ގެންދަނީ ތަހުގީގުތައް ކުރިއަށްގެންދަމުން ނެވެ. އަދި ޢާންމުންގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުން ނެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމިޓީން ވަނީ މި ހަމަލާ ހިނގުމަށް ދިމާވި ސަބަބުތައް ދެނެގަތުމަށާއި، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް އިންކުއަރީއެއް ފަށާފަ އެވެ.
މީގެ އިތުރުން ސަލާމަަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް ރައީސް އޮފީހުން ވަނީ ފަށާފަ އެވެ.