އިންޑިއާގައި ހޮނު އަޅައިގެން މަރުވާ ކޮންމެ މީހެއްގެ އާއިލާއަށް، ދެ ލައްކަ ރުޕީސް!

އަވައްޓެރި އިންޑިއާއަށް ކޮންްމެ އަހަރެއްގެ ޖޫން އިން ސެޕްޓެމްބަރު މަހަކީ މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެވެ.

ބޯކޮށް ވާރޭވެހި ގުގުރުމާއި ހޮނުއެޅުމުގެ އެތައް ހާދިސާއެއް ކޮންމެ އަހަރު ހިނގަ އެވެ. އަދި ބިނގަނޑު ކަނޑައިގެން ދިއުމާއި އެތައް ސަތޭކަ ބަޔަކު މަރުވެ ހާލުގައި ޖެހުމަކީ މިދުވަސްވަރު އާންމު ކަމެކެވެ.

އިޝްތިހާރު Below Header ad

އެގޮތުން އިންޑިއާގެ ވެސްޓް ބެންގޯލްގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ ހޮނު އަޅައިގެން 27 މީހުން މަރުވެފައި އެވެ. އެ ސްޓޭޓްގެ ސިޓީތަކާއިި ޑިސްޓްރިކްޓު އަދި ވިލެޖުތަކަށް ވިއްސާރަ ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ވެސްޓް ބެންގޯލްގެ ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓަރު ޖާވިދް އަހުމަދު ހާނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނު އަޅައިގެން މަރުވެފައިވާ އެންމެންނަކީ ދަނޑުވެރިންނެވެ. އެމީހުން މަރުވެފައިވަނީ ގެއިން ބޭރުގައި އުޅެނިކޮށް ނުވަތަ ދަނޑުވެރިކަން ކުރާ ދަނޑުތަކުގައި އުޅެނިކޮށް ކަމަށް ވެ އެވެ.

މީގެ އިތުރުން މުމްބާއީން ވެސްޓް ބެންގޯލްގެ ވެރިރަށް ކަލްކަތާއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއް ޖައްސަން އުޅެނިކޮށް އެ ސަރަހައްދަށް ހޮނު އެޅުމުން ފްލައިޓުގައި ތިބި އަށް މީހަކަށް އަނިޔާވެފައިވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.

މި ހާދިސާ ތަކާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހޮނު އަޅައިގެން މަރުވާ މީހުންނާއި ޒަހަމްވާ މީހުންނަށް މިއަހަރު ދައުލަތުން ދޭނެ އިނާޔަތް ކަނޑައަޅާފައި އެވެ. އެގޮތުން ހޮނު އަޅައިގެން މަރުވާ ކޮންމެ މީހެއްގެ އާއިލާއަށް ދެ ލައްކަ އިންޑިއާ ރުޕީސް ދޭން ހަމަޖައްސާފައިވާއިރު ޒަހަމްވާ ކޮންމެ މީހަކަށް 50،000 ރުޕީސް ދޭނެ ކަމަށް ވިދާޅުވި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިފަހުގެ ތާރީހުގައި އިންޑިއާގައި އެންމެ ގިނަ ބަޔަކު ހޮނު އަޅައިގެން މަރުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު އިންޑިއާގެ އެކި ސްޓޭޓްތަކުން 2،900 މީހުން ހޮނު އަޅައިގެން މަރުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.