ފްރާންސް ރައީސްގެ ކަންކަށިމަތީގައި ޖެހި މީހާގެ ޝަރީއަތް ތިން ދުވަހުން ނިންމާ ހަތަރު މަހަށް ޖަލަށް!

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންގެ ކަންކަށިމަތީގައި ޖެހި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާ އާއި ގުޅިގެން ހަމަ އެވަގުތު އެމީހާ ވަނީ ހައްޔަރުކޮށްފައި އެވެ. ރައިސް މެކްރޯންއަށް ހަމަލާދިނީ އުމުރުން 28 އަަހަރުގެ ޑެމިއެން ޓަރެލް އެވެ.

އިޝްތިހާރު Below Header ad

މި މައްސަލައިގެ ޝަރީއަތުގައި އޭނާ ކޯޓުގުގައި ބުނީ ކަންކަށި މަތީގައި ޖެހުމަކީ ކުރިން ވިސްނައިގެން ހުރި ގޮތް ނޫން ކަމަށެވެ. ޑެމިއެން ބުނީ ފުރަތަމަ އޭނާ ވިސްނައިގެން ހުރީ މެކްރޯންގެ ގަޔަށް ބިސް ޖެހުން ނުވަތަ ކްރީމް އުނގުން ކަހަލަ ކަމެއް ކުރަން ކަަމަށެވެ.

އެކަން ކުރި މަގުސަދާއި ބެހޭ ގޮތުން ބުނީ ރައީސް މެކްރޯން އަކީ ފްރާންސަށް ހުރި ލަދެއް ކަމަށެވެ. އަދި އެކަހަލަ ކަމެއް ކޮށްލައިގެން ނޫނީ ރައީސްގެ ސަމާލުކަމަށް އޭނާ ނާންނާނެ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގަ އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޕަބްލިކް އޮފިޝަލަކަށް ހަމަލާދީ ހުރަސް އެޅުމުގެ ކުށެވެ. މި ކުށުގެ އެންމެ ދިގު ޖަލު ހުކުމަކީ ތިން އަހަރު ކަމަށް ވިޔަސް އޭނާގެ ކުށުގެ ބާވަތަށް ބަލައި ކޮށްފައިވަނީ ހަތަރު މަހުގެ ޖަލުހުކުމެކެވެ.

އޭނާ ފްރާންސްގެ ރައީސަށް ހަމަލާދީފައިވަނީ ވެރިރަށް ޕެރިސްގެ ކުޑަ ޓައުނެއްގެ ހޮޓެލް ސްކޫލަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު އެ ސަރަހައްދުގައި އެއްވެފައި އޮތް މީހުންނާއި އެމަނިކުފާނު ސަލާމް ކުރައްވަނިކޮށްްް މިދިޔަ އަންގާރަ ދުވަހު އެވެ.

އޭނާ ރައީސް މެކްރޯންގެ ކަންކަށި މަތީގައި ޖެހި ވަގުތު ބޮޑީގާޑުންނަކަށްވެސް ރައީސް ސަމާލަތް ކުރެވިފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.