ސޫޗީއަށް ވަރުގަދަ ކޮރަޕްޝަންގެ ތުހުމަތުތަކެއް، ރިޝްވަތުގެ ގޮތުގައި ހަތް ފޮތި ރަން ހިފުންވެސް ހިމެނޭ!

ބަޣާވާތަކުން މަގާމުން ދުރުކޮށް، ހައްޔަރުކޮށްފައިވާ މިއަންމާ ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫޗީ އާއި ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސޫޗީގެ މައްޗަށް ކުރަނީ ރިޝަވަތުގެ ގޮތުގައި ފައިސާ އާއި ރަން ގަބޫލު ކުރި ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 600،000 އެމެރިކާ ޑޮލަރާއި ހަތް ފޮތި ރަން ކަމަށްވެ އެވެ.

އިޝްތިހާރު Below Header ad

ރަން ފޮޓީގެ ބަރުދަނެއް ހާމައެއް ނުކުރެ އެވެ. އިތުރު ހަ ކަމަކަށް ތުހުމަތު ކުރާއިރު އޭގެ ތެރޭގައި އެ ގައުމަށް ވޯކީ ޓޯކީތަކެއް އެތެރެ ކުރުމާއި މިއަންމާގެ ގާނޫނާއި ގަވައިދުތަކާއި ހިލާފު އަމަލުތައް ކުރުން ހިމެނެ އެވެ.

މިއަންމާގެ އަސްކަރިއްޔާއިން ބަގާވާތެއް ގެނެސް ސޫޗީ ވެރިކަމުން ދުކުރު ކުރީ މިދިޔަ ފެބްރުއީ މަހުގެ އެއް ވަނަ ދުވަހު އެވެ. އަސްކަރިއްޔާއިން އެ ގައުމުގައި ބަޔާވަތް ކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިއަންމާގެ ރިޔަސީ އިންތިހާބުގެ ނަތީޖާ އާއި މެދު ހިތް ހަމަނުޖެހިގެންނެވެ.

ބަގާވާތް ގެނެސް އެ ގައުމުގައި ވަނީ އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެ ގައުމުގެ ސިފައިން ބުނެފައި ވަނީ ގައުމުގެ މިހާރުގެ ވެރިއަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށެވެ.

އެކަމަކު އަސްކަރިއްޔާގެ އެ ނިންމުން ބައިނަލް އަގުވާމީ އެއްވެސް ގައުމަކުން ގަބޫލެއް ނުކުރެ އެވެ. އަދި އެ ގައުމުގައި އަސްކަރިއްޔާ އާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތައް ކޮށް އާންމުންނާއި ސިފައިންނާއި ދެމެދު ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

މިހާތަނަށް މި ހަމަލާތަކުގައި އާންމުންގެ އެތައް ސަތޭހަ ބަޔަކު ވަނީ މަރުވެފައި އެވެ.

މިދިޔަ އަހަރު މިއަންމާގައި ބޭއްވި އިންތިހާބު ސޫޗީގެ ޕާޓީން ކާމިޔާބު ކުރި ނަމަވެސް އޭނާގެ ތާއީދު އަމިއްލަ ގައުމާއި ދުނިޔޭގައި ދަނީ ކުޑަވަމުންނެވެ. ސޫޗީގެ ތާއީދު ކުޑަވީ ރޮހިންޖަ މުސްލިމުންނާއި މެދު އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތަކަށް ސޫޗީ ތާއީދުކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާތީ އެވެ.

އިންތިހާބަކުން 2011 ވަނަ އަހަރު ސޫޗީގެ ޕާޓީ ވެރިކަމާއި ހަވާލުވުމުގެ ކުރިން އެ ގައުމުގައި އޮތީ އަސްކަރީވެރިކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.