މަޖިލީހަށް ހުށަހަޅާފައިވާ “ސެކިއުލަރ ބިލް” ކުށްވެރިކޮށް ރ. މީދޫ ކައުންސިލުން ބަޔާނެއް ނެރެފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ‘ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް’ ފަރުމާކޮށްފައިވާ ސެކިއުލަރ ބިލް ކުއަވެރިކޮށް އެކަމާއި ދެކޮޅަށް ރ. މީދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

މީދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކުރައްވާ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާކަމަށާއި އެގޮތުން ރަށުގެ ރައްޔިތުންނާއި ކައުންސިލުން މި ބިލް ހުށައެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އިޝްތިހާރު Below Header ad

މީގެއިތުރުން މީދޫ ކައުންސިލުން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންނަށް ސެކިއުލަރ ބިލަށް ވޯޓު ނުދެއްވުމަށް ރަށުގެ ރައްޔިތުންނާއި  ކައުންސިލްގެ ނަމުގައި ގޮވާލާކަމަށެވެ.

FB IMG 1623328958293

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ މި އިސްލާހާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ގެންދާއިރު، ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ދަނީ މިކަމާއި ނުރުހުން ފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ މި އިސްލާޙުގެ ބިލާއި ދެކޮޅަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔަތުއް ސަލަފް ގުޅިގެން މިހާރުވަނީ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ބޮޑު ކެމްޕެއިނެއްވެސް ފަށާފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ‘ސެކިއުލަރ ބިލް’ ފާސްވެ އެއަށް އަމަލުކުރަން ފަށައިފިނަމަ އޭގެ ސަބަބުން ދީނަށް ފުރައްސާރަކުރާ މީހުންނާއި ދެކޮޅަށް ބަސްބުނުމުގެ މަގު އެއްކޮށް ބަންދުވެ އެކަމާއި ދެކޮޅަށް ބަސް ބުނާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.