ޔޫރޯ 2020 – ޓިމް ޕްރޮފައިލް: ސްވިޒަލެންޑް

މިއީ ސްވިޒަލޭންޑް ޔޫރޯގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެ ގައުމު އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރެވެ. އޭގެ ފަހުން 2004 އަދި 2008 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރިއެވެ. ނަމަވެސް މި ދެ މުބާރާތުގެވެސް ގުރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އެންމެ ފަހުން ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވުނު މުބާރާތުގައިވެސް ވާދަކުރިއެވެ. އެފަހަރުގެ މުބާރާތުގައި އެޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ސްވިޒަލެންޑް އިން ޔޫރޯގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮލިފައިވި ގޮތް

އިޝްތިހާރު Below Header ad

ޔޫރަޕްގެ ކޮލިފައިންގެ ގުރޫޕް ޑީގައި ސްވިޓްޒަލޭންޑަށް ލިބުނީ އެއްވަނަ އެވެ. ދެ ވަނައިގައި އޮތް ޑެންމާކް އާއި ސްވިޓްޒަލޭންޑް ޕޮއިންޓްގެ ގޮތުން މާ ބޮޑު ތަފާތެއް ނެތެވެ. މި ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. ސްވިޒަލްނެޑް ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗުން ވަނީ މޮޅުވެފައެވެ. 2 މެޗުން އެއްވަރުވި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެގައުމުން ގުރޫޕުގެ އެއްވަނަ ހޯދީ 17 ޕޮއިންޓާއި އެކުގައެވެ.

ކޯޗު

petkovic

ވްލަޑިމިއާ ޕެޓްކޮވިޗް ވަނީ މީގެ ކުރިން ސްވިޓްޒަލޭންޑްގެ މަޝްހޫރު ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޔަންގް ބޯއީސް އާއި ސިއޯން ހިމެނެ އެވެ. އޭގެ އިތުރުން އިޓަލީގެ ލާޒިއޯ އަށް ވެސް ކޯޗުކޮށްދިނެވެ. ލާޒިއޯއާ އެކު ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. ޕެޓްކޮވިޗް ސްވިިޓްޒަލޭންޑްގެ ޓީމާ ހަވާލުވީ 2014 ގަ އެވެ.

ކީޕްލޭޔަރ

granit xhaka switzerland 2020 1621594113 63059

ގްރަނިޓް ޝާކާ: އާސެނަލް އަށް ކުޅެމުން އަންނަ ޝާކާ އަކީ ސްވިޓްޒަލޭންޑް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޝާކާ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގަ އެވެ. އެގޮތުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ކުޅުމަށް ފަހު، އާސެނަލް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އުމުރުން 29 އަހަރުގެ ޝާކާ ސްވިޓްޒަލޭންޑްގެ ޤައުމީ ޓީމަށް 2011 ގައި ކުޅެން ފަށައި މިހާތަނަށް 94 އަށް ވުރެ ގިނަ މެޗު ކުޅު 12 ލަނޑު ޖަހައިދީފައިވެއެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ގުރޫޕް އޭގެ ފޭވަރިޓަކީ އިޓަލީ އެވެ. އިޓަލީގެ ފަހަތުން ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރާނެ ކަމަށް ބެލެވެނީ ސްވިޓްޒަލޭންޑާއި ތުރުކީ އެވެ. އެހެންކަމުން، ގުރޫޕްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ދެވަނަ ބުރުގެ ޖާގައެއް ހޯދަން މުހިންމު މެޗަކަށް ވާނެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

12 ޖޫން- ސްވިޒަލެންޑް- ވޭލްސް

16 ޖޫން- ސްވިޒަލެންޑް- އިޓަލީ

20 ޖޫން- ސްވިޒަލެންޑް- ތުރުކީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.