އެފްއޭކަޕް ކްއާޓާ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ޔުނައިޓެޑު ވިކްޓަރީ.

ވިލިމާލޭ ޔުނައިޓަޑްގެ މައްޗަށް ކުރިހޯދާ އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ޔުނައިޓަޑް ވިކްޓްރީ ވެއްޖެ އެވެ.

ޔުނައިޓެޑު ވިކްޓަރީ ލިމާލޭ ޔުނައިޓަޑްގެ މައްޗަށް ކުރިހޯދީ 0-6 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އެފްއޭކަޕް ދެ ވަނަ ބުރުގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ޔޫވީން ކާމިޔާބުކުރި 6 ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކެރިކް އެވެ.  ފުރަތަމަ ލަނޑު މެޗް ފެށިގެން ވަރަށް ކުރީކޮޅު މެޗުގެ 7 ވަނަ މިނެޓްތެރޭގަ ކާމިޔާބުކުރީ ކެރިކްއެވެ. އަދި ދެ ވަނަ ލަނޑު ވެސް ކެރިކް ކާމިޔާބުކުރި އިރު މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނެޓްގައެވެ.

އޭގެ ދެ މިނެޓް ފަހުން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަލީ ހައިޝަމް އެވެ. ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ޔޫވީގެ ގޯލްކީޕަރު މަހުމޫދުއެވެ.

ފަސް ވަނަ ލަނޑު މުހައްމަދު ކާމިޔާބުކުރި އިރު ހަ ވަނަ ލަނޑު ކާމިޔާބުކުރީ ހުސައިން ޝިމާޒު (ކޮކީ) އެވެ.

މި މެޗުން މޮޅުވި ޔޫވީ މާޒިއާއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕްގެ ކްއާޓާ ފައިނަލް މެޗް އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހުގެ ރޭ ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.