ސައުތް އެފްރިކާ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައި، ދުނިޔޭގެ ރެކޯޑެއް ހަދައިފި!

ސައުތް އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައިފި އެވެ.

އުމުރުން 37 އަހަރުގެ ގޮސިއާމާ ތަމަރާ ވިހާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއަށް ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

އިޝްތިހާރު Below Header ad

އޭގެ ތެރެއިން ފަސް ކުދިން ވިހާފައިވާއިރު އަނެއް ފަސް ކުދިން ނެގީ ސިޒޭރިއަން ހަދައިގެންނެވެ. އެ ކުދިން ވިހާފައިވަނީ ގޮސިއާމާގެ ބަނޑަށް 29 ހަފްތާގައި އެވެ.

ބައެއް ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި މިގޮތަށް ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެ އިންނަ އަންހެނުން ދުވަސް ފުރެންދެން އިންނަނީ ވަރަށް މަދުފަހަރަކު އެވެ.

ގޮސިއާމާ ވިހޭ 10 ކުދިންނާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށްވެ އެވެ. މިއީ އޭނާ އެއްމާބަނޑު ކުދިން ވިހޭ ދެވަނަ ފަހަރެވެ. އޭނާގެ މިހާރުވެސް ހަ އަހަރުގެ އެއްމާބަނޑު ދެކުދިން އެބަތިއްބެވެ.

ގޮސިއާމާ އެއްމާބަނޑު 10 ކުދިންް ވިހެއުމާއި ގުޅިގެން އޭނާއަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ލިބުމާއި ވަރަށް ގާތެވެ. އެ ޓީމުން ދަނީ އޭނާގެ ވިހޭކަން ކަށަވަރުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.

މިހާރު އެންމެ ގިނަ ކުދިން ވިހައިގެން 2009 ވަނަ އަހަރުން ފެށިގެން ވޯލްޑް ރެކޯޑު އޮތީ އެމެރިކާ އަންހެނެއްގެ އަތުގައި އެވެ. އޭނާ އެއް މާބަނޑު އަށް ކުދިން ވިހާފައިވެ އެވެ.

އޭގެ ފަހުން މިދިޔަ މަހު މޮރޮކޯ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހާފައިވާއިރު އޭނާއަށް ގިނިސް ބުކް އޮފްް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ނުލިބިގެން އުޅެނިކޮށް ސައުތް އެފްރިކާގެ ގޮސިއާމާ މިވަނީ އެ ރެކޯޑު މުގުރަލާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.