މި ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން އޮންނާނީ އޮންލައިންކޮށް

މި ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން އޮންނާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކަމަށެވެ.

އިޝްތިހާރު Below Header ad

“ކޮވިޑްގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތައް މިހިނގާ ދިރާސީ އަހަރު ނިމެންދެން ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށް.” އެޑިއުކޭޝަން މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރުން ދައްކާ ގޮތުގައި މިއީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާރމުގެ ކިޔެވުމެވެ. މި ޓާރމުގެ ކިޔެވުން ނިމޭނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ސްކޫލް، މަދުރަސާ އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަަށް ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ އިރު، އޮންލައިންކޮށް ކިޔަވައިދިނުމަށް މިހާރުވަނީ ޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.