ޕާކިސްތާނުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 60ން މައްޗަށް

ޕާކިސްތާނުގައި މިދިޔަ ހޯމަ ދުވަހު ދެ ރޭލު ޖެހި ހިިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 60 އަށް އަރައިފި އެވެ.

މިހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެކުނުގެ ޕްރޮވިންސެެއް ކަމަށްވާ ސިންދުގައި އެވެ.

އިޝްތިހާރު Below Header ad

ރިޕޯޓުތައް ބުނާގޮތުގައި ދެ ރޭލުގެ ދަށުން މިހާތަނަށް މަރުވެފައިވާ 63 މީހުންގެ ހަށިގަނޑު ފެނިފައިވެ އެވެ. އޭގެ ތެރެއިން 12 މީހުންގެ ހަށިގަނޑު ކާކުކަން މިނާތަނަށް ދެނެގެނެވިފައި ނުވާ ކަމަށް ބުނެ އެވެ.

އަދި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް އެވެ. އެހެންވެ އޭގެ ތެރެއިން ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެވެ.

މިހާދިސާގައި މަރުވެފައިވާ މީހުންގެ ތެރޭގައި އުމުރުން އެއް މަހާއި 81 އަހަރާއި ދެމެދުގެ މީހުން ހިމެނެ އެވެ. މި ދެ ރެއިލުން 1،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދަތުރު ކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ދެ ރެއިލް ޖެހުނީ އޭގެ ތެރެއިން އެއް ރެއިލް، ރޭލު ދަގަނޑުމަތިން ކަހާލިތާ މިނެޓެއް ތެރޭގައި އަނެއް ރެއިލް ގޮސް ދަގަނޑުމަތިން ކަހާލި ރެއިލުގައި ޖެހިގެންނެވެ.

މިއީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ހިނގި ޕާކިސްތާނުގައި ހިނގި އެންމެ ނުރައްކާތެރި ރެއިލް އެކްސިޑެންޓު ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެކަމަކު އޭދެތެރެ ދޭތެރެއިން ރޭލު ދަގަނޑުމަތިން ކަހާލުމަކީ އާންމުކޮށް ހިނގާ ހާދިސާ އެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.