އިސްރާއީލުން ހައްޔަރު ކުރި އަލްޖަޒިރާގެ ނޫސްވެރިޔާ ދުކޮށްލި އިރު އަތް ބިނދިފައި!

ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވި އަލްޖަޒީރާގެ ނޫސްވެރިޔަކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އިރު އޮތީ އަތް ބިނދިފަ އެވެ.

ގިވާރާ ބުދެއިރީ ކިޔާ އެ ނޫސްވެރިޔާ ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ އިސްރާއީިލް ސިފައިން ހައްޔަރު ކުރީ މުޒާހަރާއެއް ކަވަރު ކުރަމުން ދަނިކޮށް ގަދަ ބާރު ދައްކައިގެންނެވެ.

އިޝްތިހާރު Below Header ad

އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ އިސްރާއީލްގެ ދެ އަންހެން ސިފައިން ގިވާރާގެ ދެ އަތުގައި ހިފާ، ދަމަމުން ގެންދާތަނެވެ. އޭނާ ދޫކޮށްލީ ހައްޔަރު ކުރިތާ ހަތަރު ގަޑިއިރު ފަހުންނެވެ.

ހައްޔަރުން ދޫކޮށްލިގޮތަށް އިސްރާއީލް ސިފައިން އޭނާ ހޮސްޕިޓަލަށް ގެންދިއުމުން ގިނަ ބަޔަކު ވަނީ ވީގޮތް ނޭނގިގެން އުޅެފައި އެވެ. ފަހުން އެނގުނު ގޮތުގައި ގިވާރާގެ އަތް އޮތީ ބިނދިފައެވެ.

މި މައްސަލައިގަ އަލް ޖަޒީރާއިން ވަނީ އިސްރާއީލް ސިފައިން އެ އިދާރާގެ ނޫސްވެރިޔާ އާއި މެދު އަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފައި އެވެ. އަދި އޭނާގެ އަތް ބިނދެން ޖެހުނު ސަބަބުވެސް ނޭނގޭ ކަމަށް ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.