ރާއްޖޭގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި އެންވައިރަމެންޓް ނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

އިޝްތިހާރު Below Header ad

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ ހަވާލުކުރި ދިވެހިރާއްޖޭގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގަ އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1  ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުމަށްވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި މިމަސައްކަތަކީ ދިވެހި ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން ހއ. ހދ. ށ އަދި ޖީ.ސީ.އެފް ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރެވޭ 4 ރަށުގެ ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް އަމާޒުކޮށް މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.

އެގޮތުން ހދ. ނޮޅިވަރަންފަރު، ށ. ފޯކައިދޫ، ރ. މަޑުއްވަރީ އަދި ބ. ދަރަވަންދޫ ގައި މި ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

މި މަސައްކަތްކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 394,500.00 (ތިން ލައްކަ ނުވަދިހަ ހަތަރު ހާސް ފަސް ސަތޭކަ) ރުފިޔާ އެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 06 މަސް ދުވަހުގެ ތެރޭގަ އެވެ.

ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކުރުވައި ވަކި ޓެކްނިކަލް ފެންވަރެއްގައި ބެހެއްޓުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.