އިންޑިއާގެ ފަގީރު އަވަށްތައް ކޯވިޑްގައި ޖެހި ނިމިދަނީ، މަރުތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ!

އިންޑިއާގެ ފަގީރު އަވަށްތަކަށް ކޯވިޑްގެ ދެ ވަނަ ރާޅު އަރައި ގިނަ ބައެއް ބަލީގައި މަރުވަމުން ދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޯވިޑްގެ ދެ ވަނަ ރާޅު ފުރަތަމަ ބިންދާލީ އިންޑިއާގެ މުއްސަނދި ސްޓޭޓްތަކާއި އެ ސްޓޭޓްތަކުގެ އާބާދީ ބޮޑެތި ސިޓީތަކަށެވެ. އޭގެ ތެރޭގައި ވެރިރަށް ނިއުދިއްލީ، ވިޔަފާރީގެ ސިޓީ މުމްބާއީ އަދި ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީ ހިމެނެ އެވެ.

އިޝްތިހާރު Below Header ad

އެ ސިޓީތަކުގެ ކޯވިޑް ހާލަތު ރަނގަޅުވާން ފެށުމާއި އެކު އިންޑިއާގެ ސްޓޭޓްތަކުގައި ކޯވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން އުވާލައި ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު ފަގީރު އަވަށްތަކުގެ ރައްޔިތުން އުޅެމުންދާ ހާލު ސަރުކާރުން ނުބަލާ ކަމުގެ ރިޕޯޓުތައް ދަނީ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފަގީރު އަވަށްތަކުގައި މީހުން ދަނީ ކޯވިޑް ޖެހިގެން އޮކްސިޖަން ލިބޭނެ ގޮތެއް ނެތި ޑޮކްޓަރަށް ދައްކާނެ ހޮސްޕިޓަލެއް ނެތިގެން ނިކަމެތި ހާލުގައި މަރުވަމުންނެވެ. ހޮސްޕިޓަލަކާއި ހަމައަށް ދެވޭ މީހަކަށް އެނދެއް ނުލިބި ހާލުގައި ޖެހެމުންދާއިރު ގިނަ މީހުންނަށް ޑޮކްޓަރަށް ދެއްކުނަސް ބޭސް ލިބޭނެ ގޮތެއް ނެތެވެ.

އިންޑިއާގެ ކޯވިޑް ހާލަތު ދިރާސާ ކުރާ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފަގީރު އަވަށްތަކުން މަރުވާ މީހުންގެ އަދަދު ކަމަށް ސަރުކާރުން ހާމަ ކުރަނީ ސައްހަ އަދަދުތަކެއް ނޫނެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތަކާއި އެ އަވަށްތަކަށް މައުލޫމާތު ހޯދަން ދާ ނޫސްވެރިން ހޯދާ މައުލޫމާތުތަކަށް ބަލާއިރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރުވެ އެވެ.

އިންޑިއާގެ މަޝްހޫރު ގަންގާ ކޯރާއި އެނޫންްވެސް ކޯރުތަކުން ކޯވިޑް ޖެހިގެން މަރުވުމުން އެއްލާލާފައިވާ އެތައް ސަތޭކަ މީހަކު ފެނިފައިވާއިރު އުސް ފަރުބަދަތައް ހިމެނޭ ސަރަހައްދުތަކުގައި ހުންނަ ހުސްބިންތައް އޮތީ ކޯވިޑްގައި މަރުވާ ގަބުރުތަކުން ފުރިފަ އެވެ.

އިންޑިއާގެ އެންމެ ފަހުގެ ކޯވިޑްގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް އެ ގައުމުން 29 މިލިއަން މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި 351 ހާސް މީހުން ބަލީގައި މަރުވެފައިވެ އެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 27.3 މިލިއަނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.