އާންމު އެއްވުމެއްގެ ތެރެއިން ފްރާންސްގެ ރައީސް މެކްރޯންގެ މޫނުމަތީގައި މީހަކު ޖަހައިފި

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ބައިވެރިވެވަޑައިގެންނެވި އާންމު އެއްވުމެއްގެ ތެރެއިން މީހަކު އެމަނިކުފާނުގެ މޫނުމަތީގައި ޖަހައިފި އެވެ.

ރައީސް މެކްރޯން މިއަދު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވީ ވެރިރަސް ޕެރިސް ކުޑަ ޓައުނެއްގެ ހޮޓެލް ސްކޫލަކަށް ޒިޔާރަތް ކުރެއްވުމަށެވެ. އެ ޒިޔާރަތަށް ފަހު އެ ސަރަހައްދުގައި އެއްވެފައި އޮތް މީހުންނާއި އެމަނިކުފާނު ސަލާމް ކުރެއްވި އެވެ.

އިޝްތިހާރު Below Header ad

ސަލާމް ކުރެއްވުމަށް ފުލުހުންގެ ސެކިއުރިޓީ އާއި އެކު ވަޑައިގެންނެވަނިކޮށް ފެންސު ކައިރީގައި ހުރި މީހަކު ވާހަކަ ދައްކަން ފެށުމުން ރައީސް މެކްރޯން ވަނީ ކުޑަކޮށް މަޑުކޮއްލައި އޭނާގެ އެއް އަތުގައި ހިފާލައި ފްރާންސް ބަހުން ވާހަކަ ދައްކަން ފަށާފައި އެވެ. އެއާއި އެކު އެމީހާ ވަނީ އޭނާގެ އަނެއް އަތުން މެކްރޯންގެ ކޯތާފަތްމަތީގައި ޖަހާފައި އެވެ.

އާންމުވެފައިވާ ވީޑިއޯއިން ޖަހާ އަޑުވެސް އިވެ އެވެ. އަދި ފްރާންސް މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައިވެސް އެމީހާ ވަނީ ރައީސް މެކްރޯންގެ ކޯތާފަތްމަތީގައި ޖަހާފައި އެވެ.

އެކަމަކު އެކަން ފްރާންސް ސަރުކާރުން ދޮގު ކުރެ އެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުގައި އެމީހާ ދޭން އުޅުނު ހަމަލާ ފުލުހުން ނާކާމިޔާބު ކޮށްލި އެވެ. އަދި ރަނގަޅަށް ރައީސްގެ މޫނުގައި އެމީހާއަށް ޖެހިފައެއް ނުވެ އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެކަމަކު ރައީސް މެކްރޯންއަށް ހަމަލާދިން މީހާގެ އިތުރުން ހައްޔަރު ކުރީ ކާކު ކަމެއް ނޭނގެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.