ފަލަސްތީންގެ ނުފޫޒުގަދަ ދެ އެކްޓިވިސްޓުން ކަމަށްވާ އެއްމާބަނޑު ދެބެން އިސްރާއީލުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި

ފަލަސްތީނުގެ ނުފޫޒުގަދަ ދެ އެކްޓިވިސްޓުން ކަމަށްވާ މުހައްމަދު އަލް ކުދްރު އާއި މުނާ އަލް ކުދްރު ހައްޔަރު ކުރިތާ އެތައް ގަޑިއިރެއް ފަހުން އިސްރާއީލް ސިފައިން އެ ދެބެން ދޫކޮށްލައިފި އެވެ.

މުހައްމަދާއި މުނާ އަކީ އެއްމާބަނޑު ދެބެންނެވެ. އުމުރުން 23 އަހަރުގެ އެ ދެބެއިން މަޝްހޫރުވެފައި ވަނީ ޝެއިހް ޖައްރާހްގެ ޕަލަސްތީން ރައްޔިތުން އެމީހުންްގެ ގެދޮރުން ނެރެ މަގުމަތިކޮށް އެ ގެތަކުގައި އިސްރާއީލް ރައްޔިތުން އަބާދު ކުރާ މައްސަލައާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރާ ވަރުގަދަ ކެމްޕެއިނުންނެވެ.

އިޝްތިހާރު Below Header ad

އޭގެ ތެރެއިން މުނާ ހައްޔަރު ކުރީ ގޭގައި އިންދަ އިއްޔެ އިސްރާއީލް ސިފައިން އެގޭތެރެއަށް ވަދެގަނެ ބަލާ ފާސް ކުރުމަށް ފަހު އެވެ. އަދި އެގެއިން ނުކުތުމުގެ ކުރިންް ވަނީ އަމިއްލައަށް މުހައްމަދު އިސްރާއީލް ސިފައިންނާއި ހަވާލުވުމަށް ކޯޓުން އަންގައި ނެރެފައިވާ އަމުރު އެ ދެބެއިންްގެ ބައްޕަ ނަދީމް އަލް ކުދްރު އާއި ހަވާލުކޮށްފައި އެވެ.

ރިޕޯތުތައް ބުނާގޮތުގައި އޭގެ ގަޑިއިރެއްހާއިރު ފަހުން މުހައްމަދު ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައި އެވެ.

އެމީހުން ދޫކޮށްލުމުން މުނާ މީޑިއާގައި ބުނީ އިސްރާއީލް ސިފައިން މަސައްކަތް ކުރަނީ ހައްުޔަރުގައި ބައިތިއްބައިގެން އެމީހުންގެ އަޑުކަނޑުވާލާ ހިމޭން ކުރަން ކަމަށާއި އެކަމަކު އެކަން ނުވާނެ ކަމަށެވެ. އަދި ކެމްޕެއިން އިތުރުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެ އެމީހުން ފުލުހުންގެ އިދާރާއިން ނުކުންނަ މަންޒަރު އިންސްޓްގްރާމް މެދުވެރިކޮށް މުހައްމަދު ލައިވްކޮށްފައިވެ އެވެ.

އެ ދެބެންގެ މައްޗަށް އިސްރާއީލުގެ ސިފައިން ތުޙުމަތު ކުރަނީ އާންމު މަސްލަޙަތު ނަގާލުމާއި އާންމުންގެ ސަލާމަތަށް ގެއްލުންވާފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމެވެ. އަދި އެ ސަރަޙައްދުގައި އިސްރާއީލް އާއި ދެކޮޅަށް ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރި ވުމުގެ ކުށުގެ ތުޙުމަތުވެސް މުނާ އާއި މުހައްމަދުގެ މައްޗަށް އިސްރާއީލު ސިފައިން ކުރެ އެވެ.

އެކަންކަމަށް ތުހުމަތު ކުރިޔަސް އެމީހުން ހައްޔަރު ކުރަން ކޯޓުން އަމުރު ނެރެފައިވާ ހަމައެކަނި ސަބަބަކީ އަމިއްލަ ގޮދޮރު ދޫކޮށް ދިއުމާއި ދެކޮޅު ހެދުމެވެ. އެ ދެބެން ހައްޔަރު ކުރި އަސްލު ސަބަބު ހާމަ ކުރުމަށް އިސްރާއީލުން ފަސް ޖެހެނީ އެ ގައުމުގެ ލާއިންސާނީ އަމަލުތަކުގެ ހަގީގަތް ހާމަކުރިޔަ ނުދޭން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.