40 އިންސައްތަ ފިރިހެނުން ކޮންމެ ދުވަހަކު ފެން ނުވަރާ: ދިރާސާ
40 އިންސައްތަ ފިރިހެނުން ކޮންމެ ދުވަހަކު ފެން ނުވަރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ރިޕޯޓުގައި ވާ ގޮތުން ގިނައީ ދުވާލަކު އެއްވެސް ވަރަކަށް ފެން ނުވަރާ މަތިހަދާލާ ފިރިހެނުންކަމަށާއި އެގޮތުން ދުވާލަކު ފެންވަރަނީ ފިރިހެނުންގެ ތެރެއިން 40 އިންސައްތަ މީހުންކަމަށެވެ.
އިނގިރޭސި ވިލާތުގެ ސްކިން ކެއާގެ ތަކެތި އުފައްދާ ފްލިންޓް ފްލިންޓް އިން އުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ 8500 ފިރިހެނުންނާއި އިންޓަވިއުކޮށްގެން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ތިން ދުުވަސް ވަންދެން މޫނު އަދި ގައި ވެސް ނުދޮންނަ މީހުންނެވެ.
އެގޮތުން ދުވާލަކަށް އެއް ފަހަރު ވެސް ފެން ނުވަރާ ފިރިހެނުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ފެން ނުވަރަނީ ދުވާލު ގިނަ ވަގުތު މަސައްކަތުގެ އުޅުމައްފަހު މާބޮޑަށް ވަރުބަލިވެފައި ހުންނާތީ އާއިއެކު ވަގުތު ވެސް ނުވާތީ ކަމަށެވެ.
އަދި މީގެ ތެރެއިން ގިނަ ފިރިހެނުންނަކީ ނިދުމުގެ ކުރިން ބޮލަށް ފެންނާޅާ ގައި ދޮވެލާ މީހުންނެވެ. ދިރާސާއަށް އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި 40 އިންސައްތަ ފިރިހެނުންނަކީ ނިދުމުގެ ކުރިން އެއްގޮތަކަށް ވެސް ފެން ނުވަރާ މީހުންނެވެ.
ފިރިހެނުންގެ ތެރެއިން ކޮންމެ ތިން ދުވަހުން ފެންވަރާ ފެން ވަރާ މީހުންގެ ތެރެއިން ހުރިހާ އެންމެން ވެސް ބުނެފައި ވަނީ އަމިއްލަ ސާފުތާހިރު ކަމުގެ މުހިންމުކަން ވެސް އެނގޭ ކަމަށާއި ނަމަވެސް ކަންތައް ދިމާވާގޮތުން ފެންވަރަން ވަގިތު ނުލިބެނީކަމަށެވެ.
Dhivehinnakee ehaamududhaaru baehnoon dhivehinge therey reakaahuvaalu dhefaharu fennuvaraameehaku madhuvaane eygeithurun thinfaharu fenvaraa firihenunves ulhey thidhiraayakaa dhivehin gulhumehneh dhivrhinnakee varah saafuthaahiru baeh.
Kaafaru gaumu thakuga dhiraasaa hadhany kaafarun lavvaa.
Muslimu gaumu thakah midhiraasaa nugulhey.
Ehenee 99 percent dhivehin daily fenvaraaanekan yageen.
🙂