މާތްކަލާކޯ، މީވާ ސަރުކާރެއް: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އީވާ ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން ނެވެ.

އިޝްތިހާރު Below Header ad

އެގޮތުން އީވާ ވަނީ ބިގޭ ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން “މިކަން ފަނިކުރަން” ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ނަޝީދުގެ ހާލަތާމެދު ހަމްދަރުދީ ވާންޖެހޭ މުއްދަތު ހަމަވީތޯ ވެސް ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވި އެވެ.

“މާތްކަލާކޯ، މީވާ ސަރުކާރެއް” އީވާ ވިދާޅުވެފައި ވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.

މި ކޮމިޓީގައި 8 މެމްބަރުން ހިމެނޭ އިރު، މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.

އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދިފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.