ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ ދުވުން އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި..

ކެންސަރަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވުން ނުވަތަ ހިނގާލުން މި އަހަރު ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ދުވުން / ހިނގާލުން އޮންނާނީ މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރު ދުވަހގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައެވެ.

އިޝްތިހާރު Below Header ad

cancer-run-2

ކެންސަރ ސޮސައިޓީން ބުނީ މި ހަރަކާތުގައި ކޮންމެހެން ދުވަން ނުޖެހޭ ކަމަށާއި ހިނގާފައިވެސް އުޅެވޭނެ ކަމަށެވެ. އަދި ކޮންމެ ބައިވެރިއަކުވެސް ހުދު ޓީޝާޓެއްގައި ދިއުމަށް ސީއެސްއެމް އިން އެދެއެވެ.

އެ ސޮސައިޓީން ބުނީ އެ އިވެންޓުގައި ބައިވެރިވުމަށް އެ ސަރަޙައްދަށް ދިއުމުން ފިޔާތޮށި ކުލައިގެ ރިބަން އާއި ބޮލުގައި އެއްސުމަށް ބޭންޑެއް ދޭނެ ކަމަށެވެ. އަދި ޝިޢާރު ކަމަށްވާ I CAN, YOU CAN, WE CAN, HELP CANCER  ޖަހާފައިވާ ޓީޝާޓް ލެކިއުޓް ފިހާރައިން ގަންނަން ލިބޭނެ ކަމަށްވެސް އެ ސޮސައިޓީން ބުންޏެވެ.

cancer-run-3

މީގެ އިތުރުން އުރަމަތީގެ ކެންސަރަށް އަހުލުވެރި ކުރުމުގެ ގޮތުން ހަފްތާބަންދުގައި ކުއިޒް މުބާރާތެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.