ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 412 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 412 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދުގެ ޢަދަދުތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 239 މީހުންނާއި އަތޮޅުތަކުން 162 މީހުން ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 11 މީހުން ވެސް ހިމެނޭ ކަަމަށް ވަނީ ބުނެފަ އެވެ.
މިހަތަނަށް 67950 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 19670 އެކްޓިވް ކޭސް އެބަހުއްޓެވެ. އަދި 166 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުން ނެވެ.
މި ބަލީގައި ރާއްޖެއިން މިހައިތަނަށް 185 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/tvuddgnvBp
— Health Protection Agency (@HPA_MV) June 6, 2021