ޚަބަރު ފީތާ

ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިއްޖެ

ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 ޕަސެންޓް ވަނީ މިހާރުނިމިފައިވާ ކަމަށެވެ.

67.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލާނެ އެވެ. އަދި 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: