ޚަބަރު ފީތާ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 25 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 25 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.

ފުލުހުން މިހާރުކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި މި ހަމަލައާ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން މިހައިތަނަށް 14 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 4 މީހުންނަކީ ސީދާ ހަމަލާއާ ގުޅޭ މީހުން ކަމަށާއި ބާކީ 10 މީހުންނަކީ މި ހަމަލާ ދިން ފަހުން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Like
Like Love Haha Wow Sad Angry