ކޮވިޑު ކޭސްތައް މިއަދު ހުރީ 500 އިން މަތީގަ

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 500 އިން މައްޗަށް އަރައިފި އެވެ.

އޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 590 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އިޝްތިހާރު Below Header ad

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 389 މީހުންނާއި އަތޮޅުތަކުން 195 މީހުން ނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 6 މީހުން ނެވެ.

އެހެންކަމުން މިހައިތަަނަށް 67538 މީހުންނަށް ވަނީ ރާއްޖެއިން ކޮވިޑު ބަލި ޖެހިފަ އެވެ.

ފާއިތުވި 24 ގަޑި އިރު 5256 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 20014 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 191 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 182 މީހުން މިހައިތަނަށް ނިޔާވެފައިވާ އިރު، 47333 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.