ޚަބަރު ފީތާ

ސަރުކާރުގެ އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުމާއި އުމްރާނީ ތަރައްޤީ އެއް ރާއްޖެއަށް ގެނައުން: މިނިސްޓަރ ޝައުނާ

އަމާޒަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރު ހުރި އުމްރާނީ ތަރައްޤީ އެއް ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންއަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި އެކަމަނާ ދެއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ޝައުނާ ވިދާޅުވީ، މިދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުން މުހިއްމު ދަނޑިވަޅެއްކަމަށެވެ.

ތޮމާވެށީގެ ދުވަހުގެ މުނާސަބާގައި އެންވަޔަރަމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ކަނޑުފަޅު ތަޣައްޔަރުވުންކަމަށެވެ. މިކަމުގެ ސަބަބުން ފަރުތަކަށާއި، އެ ފަރުތަކުގައިވާ ދިރުންތަކަށް، އަދި މަސްވެރިކަމަށާއި، ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވައެވެ. މިކަމުން އަރައިގަތުމަށް، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ރައްކާތެރިކަމުގެ ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މި މަހުން ފެށިހެން ހުއްޓާލުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާއި ގުޅޭ ގަވާޢިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އިސްލާހު ގެޒެޓުކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި، ރިސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އެކްސްޕޯޓްކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ފަށަފައެވެ. މިކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ޝައުނާ ވަނީ މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހައްދުންމައްޗާއި، އަރިއަތޮޅާއި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުން އަންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ގެ ޚިތާބުގައި ވިދާޅުވެފައިވަނީ ޖައްވު ހޫނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ފަރުތައް ހުދުވުމަކީ މިހާރުވެސް ތަޖުރިބާ ކޮށްފައިވާ ކަންކަން ކަމަށާއި ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކަށް އާދަޔާ ޚިލާފަށް އުދައެރުމުގެ ހާދިސާތަކަކީ ކޮންމެ ދުވަހަކު ހެން ތަޖުރިބާކުރަމުން އަންނަކަންކަންކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ “މާހައުލީ ނިޒާމުތައް އިޔާދަކުރުމެވެ.” މި ޝިޢާރުގެ ދަށުން، ދުނިޔޭގެ މާހައުލީ ނިޒާމު އިހުހުރި ގޮތަށް ރުޖޫޢަކުރުމަށް މުޅި ދުނިޔެ މިވަނީ އަތުރުކުރި އޮޅާލާފައެވެ. މިގޮތުން ކުރިއަށްއޮތް 10 އަހަރަކީ އ.ދ ގެ މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ 10 އަހަރެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: