ޚަބަރު ފީތާ

އެމެރިކާގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ނިންމުމުން ރައީސް ސޯލިހުގެ ޝުކުރު އެމެރިކާގެ ރައީސްއަށް

އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާއިގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގައި ރާއްޖެ ހިމެނިގެންދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެގައުމުގެ ރައީސް ބައިޑަން އާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެއިތުރުން އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދިނުން ވެގެންދާނީ، ކޮވިޑުގެ ބައްޔާއިދެކޮޅަށް ކުރެވޭ ހަނގުރާމައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ވަނީ ޓުވީޓެއް ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމެރިކާއިން ކޮވިޑް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

އެމެރިކާގެ ކޮވިޑު ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަން އިއުލާންކޮށްފައިވާ އިރު، އެގައުމުން ހަދިޔާކުރި ޕީޕީއީ އާއި މެޑިކަލް އިކުއިޕްމަންޓް ރަސްމީކޮށް ރާއްޖެއަށް ހަވާލުކުރުން މިއަދު އޮންނާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ނިންމެވިކަން އެގައުމުގެ ރައީސް ބައިޑަން މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ. އެގޮތުން ރާއްޖެ ހިމެނޭހެން އޭޝިޔާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: