ރަޝިއާގެ އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އަތުވެއްޖެ

ރަޝިއާގެ އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ މިއަހަރު ރާއްޖެ އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާގެ 107،102 ފަތުރުވެރިން އައިސްފައިވާ ކަމަށް ހިސާބުތައް ވަނީ ދައްކާފަ އެވެ.

އިޝްތިހާރު Below Header ad

އެ މިނިސްޓްރީގެ ވީކްލީ އަޕްޑޭޓުގައިވާގޮތުގައި މި އަހަރު ތެރޭ 457,747 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އަދި އިންޑިއާ އިން 89،442 މީހުން އައި އިރު، ޖަރުމަނުން 25،344 ފަތުރުވެރިން އައިކަމަށް ދައްކަ އެވެ.

މީގެ އިތުރުން ޔޫކްރެއިނުން 23،389 ފަތުރުވެރިން، ކަޒަކިސްތާނުން 16،672 ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 ގައުމުގެ ތެރޭ ދެން ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ރޯމޭނިއާ އަދި ފްރާންސް އަދި ޗެކްރިޕަބްލިކް އެވެ.

މިމަހުގެ ފުރަތަ ދެ ދުވަހު 3،364 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 1،600 ގައެވެ. އެއީ ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވެފައި، އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ އިންޑިއާ މާކެޓުން ފަތުރުވެރިން އައުން މަޑުޖައްސާލާފައިވާތީ އެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބައެއް ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތުމާއި، ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރަށް ހުރި ހުރަސްތަކާއެކު ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ރާއްޖޭގައި މިވަގުތު 728 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ޖުމްލަ 47،452 އެނދެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.