އައްޑުސިޓީ މީދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ނިންމައިފި

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ނެވެ.

އިޝްތިހާރު Below Header ad

2019 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެ ކުންފުންޏާ، ޕްލޭނިންގ މިނިސްޓްރީން ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި ބަނދަރުގެ ނެރު ފުންކުރުމާއި 621 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި އެއްގަމު ތޮށި ވަށައިގެން 3125 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބާޖާއި އުފުލި ފަދަ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރާއި ކައިރިކުރެވޭނޭހެން ރޭމްޕެއްވެސް ވަނީ ހަދާފަ އެވެ.

Addu 3

މީގެ އިތުރުން ނެރުބައްތި ހަރުކޮށް، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމާއި ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސްވަނީ ކޮށްފަ އެވެ.

ރާއްޖޭގެ އެހެން ރަށްރަށުގެ ބަނދަރުތކާއި ތަފާތު ފަރުމާއަކަށް މި ބަނދަރު ހަދާފައިވާ އިރު، ވާ އައްސާ ކުޅިތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑްވެސް ވަނީ ހަރުކުރެވިފައެވެ. އަދި ބަނދަރު ޑިޒައިން ކޮށްފައިވަނީ ކުރިން މީދޫގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންކޮށްފައިވާ މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.