ޚަބަރު ފީތާ

އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދޭނަން: ހެލްތު މިނިސްޓަރ

އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޢުމުރުން 10 އަހަރުގެ ކުޑަކުއްޖާ ނިޔާވުމުގެ މައްސަލަ ބަލާއިރު، މިނިސްޓަރުގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ މައްސަަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެކަމުގައި މިނިސްޓަރުގެ އިހުމާލެއް ވެފައިވޭތޯ ބަލާނެ ކަމަށެވެ.

ހދ. ކުޅުދުއްފުށި، ލާޖަހާގެ / ފާތުމަތު މިޝްކާ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ރޭ 12:10 ހާއިރު އެވެ.

މިޝްކާ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެމްބިއުލާންސަކަށް އެދުނުތާ 3 ގަޑިއެއްހާއިރު ފަހުން ނެވެ.

މި މައްސަލައިގާ ހެލްތު މިނިސްޓްރީ، އެޗްޕީއޭ އަދި ހެލްތު މިނިސްޓަރަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވަމުން ނެވެ.

 

Like
Like Love Haha Wow Sad Angry
1

3 ޚިޔާލުތައް ގައި "އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދޭނަން: ހެލްތު މިނިސްޓަރ"

  1. Deyne kamehneh. Health Minister nethi thikameh nukureveyne. Thihaa qaabil beyfulheh thikamakah muvaane.

  2. ihunaaleh oyinamaey..hehehe

  3. miyavurebodu ihumaalehkobaa

Comments are closed.