މިލަންދޫ މަގު ހެދުމަށް ބޭނުންވާ ޕޭވިންގ ބްލޮކް އެރަށަށް ގެންގޮސްފި

‏ށ. މިލަންދޫ މަގު ހެދުމަށް ބޭނުންވާ ޕޭވިންގ ބްލޮކް އެރަށަށް ގެންގޮސްފި އެވެ.

އެ މަސައްކަތް ކުރާ ކުންފުނި، އާރްޑީސީން ބުނީ މިލަންދޫގެ މަގުހެދުމުގެ ޕްރޮޖެކްޓްގެ ލޭންޑްސްކޭޕިންގ މަސައްކަތަށް ބޭނުންވާ ހުރިހާ ޕޭވިންގ ބްލޮކް ރަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި ސާމާނުތައް ބޭލުމުގެ މަސައްކަތް މާދަމާ ފެށިގެން ކުރިއަށް ދާނެކަމަށެވެ.

އިޝްތިހާރު Below Header ad

ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން މަގުތަކަށް ބޭނުންވާ ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތް މިހާރުކޮށްފައިވާ ކަމަށެވެ. އަދި އެރަށު ހުރަވީ މަގާއި ޤާޒީ މަގުގެ ސައިޑްވޯކް ކޮނެ، ކޭބަލް ޖަންކްޝަން ވަޅުލުން ވެސް ކޮށްފައިވާ ކަމަށެވެ.

Milandhoo 1

އާރްޑީސީން ބުނީ އެރަށު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ތެރޭގައި، ހޮޅި އެޅުމުގެ މަސައްކަތް ހިމެނޭ އިރު، މި މަޝްރޫޢުގެ ދަށުން 5.58 ކިލޯމީޓަރުގެ މަގު ހަދާނެ ކަމަށެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމާއި ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރާނެ ކަމަށެވެ.

156،477،632.23 ރުފިޔާގެ މި މަޝްރޫޢު 520 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަނާ، އެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2020 މާރޗް 12 ގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.