ގޭގައި ކުރާ ސުންނަތް ނަމާދު މަސްޖިދުއް ނަބަވީގައި ކުރާ ނަމާދު ފަދައެވެ

.الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:
ﷲ ސުބުޙާނަހޫ ވަތަޢާލާ ފިރިހެނުން ފަރުޟު ނަމާދުތައް ކުރާ ތަނެއްކަމުގައި ލެއްވީ މިސްކިތެވެ. އަދި އެތަނަށް ޝަރުޢީ އުޒުރެއްނެތި މިސްކިތަށް ނުދާނަމަ ފިރިހެނުން ފާފަވެރިވެއެވެ. އެއީ ވާޖިބެކެވެ. އެޔާއެކު ސުންނަތް ނަމާދު ކުރުން އެންމެ މާތްވެގެންވަނީ ގޭގައި ކުރާ ސުންނަތް ނަމާދެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ގޭގައި ސުންނަތް ނަމާދު ކުރުމަށް އަމުރު ކުރައްވާފައެވެ. އެއީ އެކަމުގެ ސަބަބުން ގެޔަށް ބަރަކާތްތެރިކަން ލިބި ގެޔަށް ލިބިގެންދާ ރައްކާތެރިކަމެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(اجْعَلُوا فِي بُيُوتِكُمْ مِنْ صَلاَتِكُمْ، وَلاَ تَتَّخِذُوهَا قُبُورًا) متفق عليه.
މާނައީ: “ތިޔަބައިމީހުންގެ ނަމާދުތަކުގެ ތެރެއިން (ސުންނަތް ނަމާދު)ގޭގައި ކުރާށެވެ. އަދި އެއީ ޤަބުރުސްތާނެއް ފަދަ (ދޫކޮށްލެވިފައިވާ ފަޅު) ތަނެއްކަމުގައި ނުހަދާށެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(فَإِنَّ أَفْضَلَ صَلاَةِ الْمَرْءِ فِي بَيْتِهِ، إِلاَّ الصَّلاَةَ الْمَكْتُوبَةَ) متفق عليه
“ހަމަކަށަވަރުން އެންމެ މޮޅު އިތުރުވެގެންވަނީ މީހަކު އޭނާގެ ގޭގައި ކުރާ (ސުންނަތް)ނަމާދެވެ. އެއީ ފަރުޟު ނަމާދު ފިޔަވައެވެ”

އިޝްތިހާރު Below Header ad

އަދި އެކަލޭގެފާނުގެ މިސްކިތް ކޮޅު ކަމުގައިވާ މަސްޖިދުއް ނަބަވީ އަކީ އެތަނުގައި ކުރާ ނަމާދު އެއްހާސްނަމާދަށްވުރެ ހެޔޮވެގެންވާ ނަމާދެކެވެ. އެނަމާދާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(صَلاَةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ ) رواه مسلم في صحيحه
މާނައީ: “ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރެވޭ ނަމާދު ، މަސްޖިދުލް ޙަރާމް ފިޔަވައި އެހެނިހެން މިސްކިތްތަކުގައި ކުރެވޭ ނަމާދުގެ އެއްހާސް ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”
މާނައަކީ ނަބިއްޔާގެ މިސްކިތުގައި ކުރާ ނަމާދު އެއްހާސް ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައެވެ.
(صَلاَةُ الْمَرْءِ فِي بَيْتِهِ أَفْضَلُ مِنْ صَلاَتِهِ فِي مَسْجِدِي هَذَا إِلاَّ الْمَكْتُوبَةَ) رواه أبو دواد و صححه الألباني.
މާނައީ: “ފަރުޟު ނަމާދު ފިޔަވައި މީހަކު އޭނާގެ ގޭގައި ކުރާ (ސުންނަތް) ނަމާދު ތިމަންކަލޭގެފާނުގެ މިސްކިތްކޮޅުގައި ކުރާ ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”
ވީމާ ސުންނަތް ނަމާދު ކުރުން އެންމެ މޮޅު އިތުރުވެގެންވަނީ ގޭގައެވެ. އެޔާއެކު ޢިލްމުވެރިން ފަރުޟު ނަމާދުތަކުގެ ކުރިން ކުރާ ނަމާދު މިސްކިތުގައި ކުރުމަށް ބާރުއަޅައެވެ. އެއީ ފަރުޟު ނަމާދުގެ ޖަމާޢަތް ގެއްލިދާނެކަމަށްޓަކައެވެ.
والله أعلم و صلى الله وسلم على محمد و آله و صحبه. آمين.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.