ކާގޯ ފެރީގެ ޚިދުމަތަށް ހުއްޓުމެއް ނާދޭ: އެމްޕީއެލް

އިންޑިއާ-ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ފެށި ކާގޯ ފެރީގެ ޚިދުމަތަށް ހުއްޓުމެއް ނާންނަކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ބައެއް ފަރާތްތަކުން އެ ޚިދުމަތް ހުއްޓުފައިވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ އެކަމަށް ރައްދު ދެއްވާ އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް މިހެން ވިދާޅުވީ ކާގޯ ފެރީގެ ޚިދުމަތް މެދުކެނޑުމެއްނެތި މިހާރުވެސް ކުރަމުން އަންނަކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓެއިނަރތައް ކާގޯ ފެރީ މެދުވެރިކޮށް އުފުލަމުން އަންނަކަމަށާއި ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ފެރީ ރާއްޖެ އަންނަކަމަށް ވެސް ދާނިޝް ވިދާޅުވި އެވެ.

“ފާއިތުވި 3 މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވޭ. އަދި 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ވަނީ ރާއްޖެ ގެނެސްފައި. ގިނަ ވިޔަފާރިވެރިން މި ޚިދުމަތް ބޭނުންކޮށް މިކަމަށް ބޮޑު ތަރުހީބެއް ދެމުންދާކަން މި ފުރުސަތުގައި ފާހަގަކޮށްލަން.” ދާނިޝް ވިދާޅުވި އެވެ.

ދާނިޝް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މި ޚިދުމަތް ކޮވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް މެދުކެނޑިފައިނުވާ ކަމަށާއި މި ޚިދުމަތް މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލް އިން ކުރަމުން އަންނަކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.