ފިނޮޅަށް ގެއްލުން ދިން ގިލިލަންކަންފުށި ރިސޯޓް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ކ. ހިންމަފުށި ކައިރީގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލާގައި ގިލިލަންކަންފުށި ރިސޯޓު ހިންގަމުންދާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ގިލިލަންކަންފުށި ރިސޯޓު ހިންގަމުންދާ ޕްރޮމޯސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ފަަސް ލައްކަ ރުފިޔާއިން ނެވެ.

އިޝްތިހާރު Below Header ad

މި ޖޫރިމަނާއަށް ފަހު މި މައްސަލާއާއި ގުޅިގެން  އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓްގެ މުވައްޒަފުން އެެ ފިނޮޅަށް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީން ފުލުހުން މެދުވެރިކޮށް ބެލި ބެލުމުން އެނގެންހުރި ކަމަށާއި އަދި އެ ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 5،62،980.00 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ރިސޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ރިސޯޓުގެ ބަޔަކު ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުން ދީފައި ވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.